ޔޫރޯ 2020: ސްވިޑަންއަށް ގުރޫޕުގެ އެއްވަނަ، ސްޕެއިންއަށް ދެވަނަ، ދެޓީމުވެސް ގަދަ 16 އަށް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ މަގާމާއެކު ސްވިޑަން ގަދަ 16 ވަނަ ބުރަށް ދަތުރުކުރި އިރު، މި ގްރޫޕުގެ ދެވަނަ މަގާމާއި އެކު ސްޕެއިން ވެސް ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ސްވިޑަން އަށް ގުރޫޕުގެ އެއްވަނަ ލިބުނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން7 ޕޮއިންޓްހޯދައިގެންނެވެ. އަދި ސްޕެއިންއަށް ގުރޫޕުގެ ދެވަނަ ލިބެނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ސްލޮވާކިޔާ އަދި ޕޮލޭންޑް ވަނީ މުބާރާތުން ކަޓާފައެވެ.

އިޝްތިހާރު Below Header ad

މިރޭ ކުޅުނު މެޗުގައި ސްޕެއިން އިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މިއީ ސްލޮވާކިޔާގެ ގޯލް ދަނޑީގައި ޖެހިފައި މައްޗަށް ދިޔަ ބޯޅަ ތިރިޔަށް އައިއިރު ކީޕަރު ޑުބްރަވްކާ އެ ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ވަން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮސް ސްޕެއިން އިން ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ލަޕޯޓާ އެވެ. ސްޕެއިން އިން ތިިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީސަރަބިއާއެވެ. ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްްދިނީ ފެރާން ޓޮރޭސްއެވެ. މެޗުގ ެ71 ވަނަ މިނެޓުގައި ސްޕެއިންގެ ފަސްވަނަ ލަނޑު ފެނިގެންދިޔަ އެވެ. މިއީ ޕައު ޓޮރޭސް ފޮނުވާލި ހަމަލާއެއްގައި ސްލޮވާކިޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި ގުރޫޕުގައި ހިމެނޭ ސްވިޑަން އާއި ޕޮލޭންޑް ބައްދަލުކުރި މެޗުން މޮޅުވީ ސްވިޑެންއެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ2-3 ގެ ނަތީޖާއިންނެވެ. ސްވިޑެންގެ ލަނޑުތައް ޖަހައިދިނީ އެމިލް ފޯސްބާާގް އާއި ވިކްޓާ ކްލާސަން އެވެ.

ޕޮލޭންޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.