
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން އިތުރު 172 މީހުން ޕޮޒިޓިވް ވެއްޖެ
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން އިތުރު 172 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 66 މީހުންނާއި އަތޮޅުތަކުން 96 މީހުން ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 10 މީހުން ކަމަށެވެ.
މިއާއެކު ރާއްޖެއިން 72،466 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިވަގުތު އެކްޓިވް ކޭސްގެ ޢަދަދަކީ 4،362 އެވެ. އަދި 41 މީހުންނަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އަންނަނީ ފަރުވާ ދެމުން ނެވެ.
ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 67،886 މީހުން ރާއްޖެއިން ރަނގަޅުވެފައިވާ އިރު، މިބަލީގައި ނިޔާވެފައިވަނީ 207 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/5PCn2BJEr2
— Health Protection Agency (@HPA_MV) June 23, 2021