ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯނެއް ސަރުކާރުން ތައާރަފްކޮށްފި

ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯނެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.

ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމްގެ ދަށުން ސަރުކާރުން ތައާރަފް ކޮށްފައިވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ.

އިޝްތިހާރު Below Header ad

ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފް ކޮށްފައިވާ މި ލޯންތަކަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެވެ.

ސްޓިމިއުލަސް ލޯނަށް 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައިވާ އިރު، މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާ އެވެ. މި ލޯނު ދެއްކުމަށް 4 އަހަރު ދުވަސް ލިބޭނެ އެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ކެފޭ/ރެސްޓޯރެންޓާއި ޖިމްގެ އިތުރުން ސެލޫން އަދި ގެސްޓްހައުސްތަކަށް ދޫކުރާ މި ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ.

އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ހަ ޕަސެންޓް ނަގާ އިރު، ލޯނު އަނބުރާ ދައްކަން ޖެހެނީ ފަސް އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތެއްގަ އެވެ. އަދި ލޯނު ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއް ލިބޭނެ އވެެ.

މި ލޯނަށް ރަހުނެއް ބޭނުމެއް ނުވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.