ޚަބަރު ފީތާ

ޕާކިސްތާނުގެ ހާފިޒް ސައީދު ގޭގެ ކައިރީގައި މަތީގައި ބާރުގަދަ ބޮމެއް ގޮއްވާލައި

ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ލަޝްކަރޭ ތޮއިބާގެ ކޯ ފައުންޑަރު ހާފިޒް ސައީދުގެ ގޭގެ ދޮރު މަތީގައި ބާރުގަދަ ބޮމެއް ގޮއްވާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޮން ގޮއްވާލުމުގެ ހާދިސާގައި ދެ މީހަކު މަރުވެފައިވެ އެވެ. އަދި 16 މީހުން މި ހާދިސާގައި ޒަހަމްވި އެވެ.

މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވަނީ ބޮމުގެ ބާރުގަދަ ކަމުން އެ ސަރަހައްދުގެ އިމާރާތްތަކަށް ގުޑުން އަރައި ގޭގެއާއި ފިހާރަތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވި ކަމަށެވެ. އަދި ހާދިސާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ އަވަސް ކުރުމުގެ ގޮތުން އަމިއްލަ މީހުންގެ ކާރުތަކާއި އޮޓޯ ރިކްޝާ ތަކުގައި ކަމަށް ބުނެފައިވެ އެވެ.

އެ ބޮން ގޮއްވާލާފައިވަނީ އެ ސަރަހައްދަށް ނިސްބަތް ނުވާ މީހަކު ހާފިޒު ސައީދު ގޭގެ ކައިރީގައި ބެހެއްޓި ސައިކަލެއް ދުރަށް ގޮސް ގޮއްވާލައިގެންނެވެ. ބޮން ހަރުކޮށްފައި އިނީ ސައިކަލުގައި އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.

ޕާކިސްތާނު ސަރުކާރުން ވަނީ ލާހޯރުގައި ދިން މި ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry