ޚަބަރު ފީތާ

ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ފައިލް ފޮޓޯ

ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެ މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއިއެކު ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ފަދަ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން 8:00 ން ހަވީރު 18:00 އާއި ހަމަޔަށް ޓޭކްއަވޭ އަދި ޑެލިވަރީ ޚިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 6:00 ން 00:00 އަށް ފުލުހުންގެ ހުއްދަޔާއިއެކު ޑެލިވަރީގެ ޚިދުމަތްވެސް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ފިހާރަ ފަދަ މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދެވޭނެ ގަޑިތަކަކީ 8:00 ން 18:00 އާއި ހަމަޔަށްކަމަށް ވެސް ވަނީ ނިންމާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކެފޭތަކާއި ރެސްޓޯރެންޓްފަދަ ތަންތަން އަދި ފިހާރަފަދަ ވިޔަފާރިތަކުންވެސް އެތަންތަނުގެ މުވައްޒަފުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާފައި އޮންނަ އަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާ ވިޔަފާރިތަކުން permit@trade.govmv އަށް މެއިލް ކުރުމަށް އެދިފަ އެވެ.

މީގެ އިތުރުން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެކަމަށް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ އަންގާފަ އެވެ.

ކެެފޭ ރެސްޓޯރެންޓްތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނައިނަމަވެސް އެތަންތަނުގެ ތެރޭގައި ޑައިން-އިން ޚިދުމަތް ދިނުމަށް އަދިހުއްދަ ދީފައެއް ނުވެ އެވެ.

Like
Like Love Haha Wow Sad Angry