މަރުގެ މެޗަކަށް މިރޭ ރޮނާލްޑޯ ނުކުންނަނީ ބޮޑު ޔަގީން ކަމަކާއިއެކު

ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދުމަށް މިރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށް ރޮނާލްޑޯ ނިކުންނަނީ ބޮޑު އުންމީދަކާއި އެކުގައެވެ. މުބާރާތުގައި އިތުރަށް ކުރިޔައް ދިއުމާއި ނުދިއުން ކަނޑަ އެޅިގެންދާ މި މެޗަށް މިރޭ ރޮނާލްޑޯ ނިކުންނައިރު މިފަހަރުގެ މި މުބާރާތުގެ އެންމެ ފޯރިގަދަ އެއްމެޗަށް ވެގެންދާނީ މިރޭ ފްރާންސްއާއި ޕޯޗުގަލް ބައްދަލުކުރާ މި މެޗެވެ.

މިރޭ ފްރާންސް އަދި ޕޯޗުގަލް ގުރޫޕް ސްޓޭޖުގެ މަރުގެ މެޗަށް މިރޭ ނިކުންނައިރު، މި މެޗަކީ އެންމެ ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދާނެ މެޗެއްކަމަށް ގިނަ ބަޔަކު ގަބޫލް ކުރެވެ.
މިރޭގެ މެޗަކީ ޕޯޗުގަލް އަށް ގަދަ 16 ވަނަ ބުރުން ޖާގައެއް ހޯދުމަށް ކޮންމެހެން ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. މިރޭގެ މެޗުން އެޓީމު ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެއެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައިވަނީ މިރޭ ފްރާންސްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު މެޗާއި މެދު އޮތް އިތުބާރުވެސް ބޮޑު ކަމަށެވެ. އެގޮތުން މިރޭގެ މެޗުން މޮޅެއް ހޯދާ ގަދަ 16 ވަނަ ބުރަށް ދެވުމުގެ އުންމީދުވެސް ބޮޑު ކަމަށެވެ.
ޕޯޗުގަލް ވަނީ ގުރޫޕް ސްޓޭޖުގައި ފުރަތަމަ ހަންގޭރީއާއި ދެކޮޅަށް ކުޅުނު މެޗުން 0-3 އިން މޮޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު ދެވަނަ މެޗުގައި ޖަރުމަން އަތުން 2-4 އިން ވަނީ ބަލިވެފައެވެ.

އިޝްތިހާރު Below Header ad

ޖަރުމަން އާއި ދެކޮޅަށް ޅުނު މެޗުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރުހީވެފައި އޮތް ޕޯޗުގަލް އަށް މިރޭގެ މެޗުން މޮޅުވާނެ ކަމުގެ އުންމީދު ކުރާ ކަމަށް ޕޯޗުގަލްގެ ކޯޗު ސަންޓޯސްވެސް ވަނީ ބުނެފައެވެ.

ގަދަ 16ގެ ޖާގައެއް ޕޯޗުގަލް އަށް ލިބެން އޮތީ މިރޭ ފްރާންސްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން ފްރާންސްގެ މައްޗަށް ކުރިހޯދައިފި ނަމަ އެ ޓީމަށް ގަދަ 16 ގެ ޖާގައެއް ޔަގީންވީ އެވެ.

” އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުކުރަން ބޭނުން ނަމަ ވިސްނަން ޖެހޭނީ ޕޮޒިޓިވްކޮށް. އަހަރެމެން ރަނގަޅުކުރަން ޖެހޭ. ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން މި މެޗަށް ނުކުންނަން ޖެހޭނީ. މިރޭގެ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވެން އޮތްއިރު އަހަރެމެންނަށް އެކަން ނުކުރެވިއްޖެ ނަމަ އެއީ ލިބޭނެ ލަދުވެތިކަމެއް،” ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުންޏެވެ.
ޕޯޗުގަލް އަކީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ މުބާރާތުގެ ޗެމްޕިއަނުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލްއިން ހޯދީ ފައިނަލުގައި ފްރާންސް 0-1 އިން ބަލިކުރުމަށް ފަހުގައެވެ.

ފްރާންސް އަދި ޕޯޗުގަލްގެ ކުރިމަތިލުންތަކަށް ބަލާއިރު، މީގެ ކުރިން މި ދެޓީމު ވަނީ 26 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 18 ފަހަރު ފްރާންސް މޮޅުވެފައިވާއިރު، ޕޯޗުގަލްއަށް މޮޅުވެވިފައިވަނީ އަށް ފަހަރުއެވެ. ދެމެޗު ވަނީ އެއްވަރުވެފައެވެ.

ފްރާންސް އަދި ޕޯޗުގަލް ބައްދަލުކުރާ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.