ރަހީނުކޮށް މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަލައެއް!
ރަހީނުކޮށް މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.
އޭނާ މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވި އިރު، ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލަންޖެ ހޭކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވަން ޖެހޭކަމަށެވެ.
މީގެ އިތުރުން ވީހާވެސް އަވަހަށް ކުއްޖާއަށް އިންސާފު ހޯދައިދޭން ޖެހޭކަމަށް ފިރުޝާން ގެ މައްސަލައިގާ ފާހަގަ ކުރައްވާފައި ވެއެވެ.
ރަހީނުކޮށް މަރާލި 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލާގައި އުމުރުން 17 އަހަރުގެ މީހަކާއި ޢުމނުރުން 27 އަހަރުގެ ދެ ފިރިހެނުން ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. މި ދެ މީހުންނަކީ ވެސް ދިވެހިން ނެވެ.
އެތަނުން 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.