ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް އީ) ސްޕެއިން – ސްލޮވާކިއާ

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން މިރޭ ގުރޫޕް ޑީގެ މެޗުތަކާއި ގުރޫޕް އެފްގެ މެޗުތައް ކުޅޭނެއެވެ. ގުރޫޕް ޑީގެ ދެމެޗު ވެސް ކުޅޭނީ އެއް ވަގުތެއްގައެވެ. އެގޮތުން ގުރޫޕް ޑީގެ މެޗުތައް މިރޭ ކުޅޭނީ ރާއްޖޭ ގަޑިން 9 ޖަހާއިރުގައެވެ.

މިރޭ ސްޕެއިން އަދި ސްލޮވާކިއާ ބައްދަލުކުރާއިރު، މި ދެ ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ގްރޫޕުގައި މި ދެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު ސްޕެއިން ކުޅުނު ދެމެޗުންވެސް އެއްވަރުވެ ލިބިފައިވަނީ ދެ ޕޮއިންޓެވެ. ސްލޮވާކިއާ އެޓީމުން ކުޅުނުދެމެޗުގެ ތެރެއިން އެއްމެޗުން ބަލިވިއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ. އެގޮތުން އެޓީމަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.

އެހެންކަމުން މިރޭގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރުގެ ފުރުސަތު ސްލޮވާކިއާއަށް އޮތް އިރު، ސްޕެއިންއަށް ޖެހޭނީ ސްލޮވާކިއާއަތުން މޮޅުވާށެވެ. އެހެން ނޫނީ އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްވިޑެން އެވެ. މި ގުރޫޕުގެ ދެވަނަ ލިބެނީ ސްލޮވާކިއާއަށެވެ. އެޓީމު ދެވަނާގައި އޮތީ ދެމެޗުން ލިބުނު ތިން ޕޮއިންޓާއި އެކުގައެވެ. ގުރޫޕުގެ ތިން ވަނަ ލިބެނީ ސްޕެއިން އަށެވެ. ސްޕެއިން އަށް މި ގުރޫޕުގެ ތިންވަނަ ލިބެނީ ކުޅުނު ދެމެޗުން ލިބުނު ދެ ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ އެންމެ ފުލުގައި ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓާއި އެކު އޮތީ ޕޮލެންޑްއެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެވަނަ ބުރަށް ދިއުމަށް ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ.

 

ސްޕެއިން އަދި ސްލޮވާކިއާގެ ތާރީޚީ ބައްދަލުކުރުންތައް

ސްޕެއިން އަދި ސްލޮވާކިއާ މީގެ ކުރިން ހަފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ސްޕެއިން ހަތަރު ފަހަރު މޮޅުވިއިރު، ސްލޮވާކިއާ އަށް މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަމަ އަހަރު ޔޫރޯ ކޮލިފައިންގައެވެ. އެފަހަރު 0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ސްޕެއިންއެވެ.

Like
Like Love Haha Wow Sad Angry