ޚަބަރު ފީތާ

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު މަދު ކޮށްފި

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު މަދު ކޮށްފި އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގެ ހަވީރު 6:00 އިން ފަތިހު 4:00 އަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކާފިއުގެ ވަގުތު ކުޑަކުރުމުގެ ސަބަބުން ވިޔަފާރިތަކަށްވެސް އިތުރު ދެ ގަޑިއިރު ލިބި، ވިޔަފާރިކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށެވެ.

ކާފިއުގެ ވަގުތު ކުޑަ ކުރި ނަމަވެސް ހެނދުނު 8:00 އިން ކާފިއުގެ ވަގުތާ ހަމައަކަށް ބޭރުގައި އުޅެވޭނީ ހައުސްހޯލްޑް ޕަރމިޓާއެކުގަ އެވެ. އެގޮތުން މިހާރު ދޫކޮށްފައިވާ ޕާމިޓްތައް ދެންވެސް ބޭނުން ކުރެވޭނެ އެވެ.

Like
Like Love Haha Wow Sad Angry
1

ޚިޔާލު 1 on "މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު މަދު ކޮށްފި"

  1. އިބްރާހީމް | ޖޫން 23, 2021 at 05:44 | Reply

    މާލެ،ހުޅުމާލެ،ވިލިމާލެ ފަޅުގައި އަޅާފަހުރި އޮޑިދޯނިފަހަރުގަ އުޅޭ ފަރާތްތަކަށް އެވެސް ގޮތެއް ނެތީތޯ

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.