ޚަބަރު ފީތާ

ކޯވިޑް ޓެސްޓު ހަދާ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ލެބޯރަޓަރީ ދުބާއީގައި ހުޅުވައިފި

ކޯވިޑް-19އަށް ޕީސީއާރު ޓެސްޓު ހަދާ އެންމެ ބޮޑު އެއާޕޯޓު ލެބޯރަޓަރީ ޔޫއޭއީގެ ދުބާއީގައި ހުޅުވައިފި އެވެ.

މި ލެބޯރަޓަރީ ހުޅުވާފައިވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެވެ.

މި ލެބޯރަޓަރީގައި 20،000 އަކަ ފޫޓު ހުރެ އެވެ. އެ ލެބޯރަޓަރީ އަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެކެވެ.

އެތަނުގައި ކޮންމެ ދުވަހަކު އެއް ލައްކަ ސާމްޕަލް ނަގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި އެވެ.

އަދި ސާމްޕަލް ތަކުގެ ނަތީޖާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ލިބޭނެ ކަމަށް ބުނެ އެވެ.

Like
Like Love Haha Wow Sad Angry