ސައޫދީގެ ދެ ސަރަޙައްދަކަށް އަމާޒުކޮށް ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢޫދީޢަރަބިއްޔާގެ ޚަމިސް މުޝައިތް އަދި ނަޖްރާން އަށް އަމާޒުކޮށްގެން ދިން ޑްރޯން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އާއްމުންނަށް އަމާޒުކޮށް ދެވޭ ޙަމަލާތައް މިގޮތަށް އިތުރު ވެގެން ދިޔުމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ހުރަސް އެޅޭ ކަމެކެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމުކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރު އޮތި ސަޢޫދީޢަރަބިއްޔާގެ ސަރުކާރާއި، ސައޫދީގެ އުޚުތްތެރި ރައްޔިތުންނާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.