ޖަރުމަނުގެ ޔުނިވާސިޓީއަކުން މައުލޫމާތު ވިއްކާކަމުގެ ތުހުމަތުގައި ރަޝިއާ ސައިންސިސްޓަކު ހައްޔަރު ކޮށްފި

ޖަރުމަނުވިލާތުގައި މަސައްކަތް ކުރާ ރަޝިއާ ސައިންސިސްޓަކު ޖާސޫސް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ޖަރުމަނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އިލްނޫރް އެން ކިޔާ އެ ސައިންސްވެރިޔާ ޖަސޫސް ކޮށްދެނީ ރަޝިޔާވެ ވެރިރަށް މޮސްކޯގެ އިންޓެލިޖެންސް އިދާރާއަށް ކަމަށެވެ. އަދި އެކަން ކޮށްދެނީ ފައިސާއަށް ކަމަށް ތުހުމަތު ކުރެ އެވެ.

އިޝްތިހާރު Below Header ad

ރަޝިއާގެ އެމީހާ ވަނީ ވަރަށް ސިއްރު އަދި މުހިންމު މައުލޫމާތުތަކެއް މޮސްކޯގެ އެ އިދާރާއަށް ވިއްކާފައި ކަމަށް ޖަރުމަނުން ބުނެ އެވެ. އިލްނޫރު މަސައްކަތް ކުރަނީ ޖަރުމަނުގެ އެ ޔުނިވާސިޓީގެ ރިސާޗް އެސިސްޓެންޓަކަށެވެ.

ޖަރުމަނުގެ ފެޑަރަލް ޕްރޮސެކިއުޓަރުން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން މިއަހަރުގެ ޖޫން އާއި ދެމެދު އޭނާ ތިން ފަހަރު މޮސްކޯ އިންޓެލިޖެންސް އިދާރާގެ އިސްބޭފުޅުންތަކަކާއި ބައްދަލުކޮށްފައިވެ އެވެ.

އަދި އެމީހުންގެ ތަހުގީގަށް އޭނާ ރަޝިއާގެ އިދާރާއަށް ސިއްރުން މަސައްކަތް ކޮށްދޭކަން ހާމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޖަރުމަނު ފުލުހުން ވަނީ އޭނާގެ ގެވެސް ބަލާ ފާސްކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.