ޚަބަރު ފީތާ

ލޯނު އެވޯޑްސް ނޮޓިފިކޭޝަން ބުދަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ: ހަޔަރ އެޑިއުކޭޝަން

ލޯނު އެވޯޑްސް ނޮޓިފިކޭޝަން ބުދަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ މަތީ ތައުލީމަށް ކިޔެވުމަށް އެ މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު އާންމުކުރުމަށްފަހު އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ “ލޯނު އެވޯޑްސް ނޮޓިފިކޭޝަން” ގައި ދަރިވަރުން ދެން އަމަލުކުރަންވީ ގޮތުގެ ތަފްސީލު އަންގައިދޭ ލިއުމެއް ހިމަނާނެ ކަމަށެވެ.

އެ މިނިސްޓްރީން އިއުލާން ކުރި ވަގުތީ ލިސްޓްގައި ލޯނު 417 ދަރިވަރުންނަށް ލިބުނުކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓްގައި 449 ދަރިވަރުންނަށް ލޯން ދޭ ކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖެއާއި ރާޢްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މިއީ މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ.

އެގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމުގައި 770 ފުރުޞަތު ހުޅުވާލި އެވެ. އޭގެ ތެރޭގައި މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކުރި 290 ޖާގަ ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ލޯނު އެވޯޑްސް ނޮޓިފިކޭޝަން ބުދަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ: ހަޔަރ އެޑިއުކޭޝަން"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.