ޚަބަރު ފީތާ

ކަޕިލް ޝަރުމާގެ ފިރިހެން ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއާން ކަޕިލް ޝަރުމާގެ ފިރިހެން ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ކަޕިލް ޝަރުމާގެ ދެ ކުދިން ތިބެ އެވެ. އެއީ ދޮށީ އަންހެން ދަރިފުޅު އަނައިރާ ޝަރުމާ އަދި ފިރިހެން ދަރިފުޅު ޓްރިޝާން ޝަރުމާ އެވެ.

ކަމިޕް މިއަދު އިންސްޓަގްރާމްގައި ބައްޕައިންގެ ދުވަސް ފާހަގަ ކުރި ކަން ހާމަ ކުރުމުގެ ގޮތުން އާންމު ކުރި ފޮޓޯގައި އިނީ ދެކުދިން އުރާލައިގެންނެވެ. އަދި އުފާވެރިވަގުތުތަކެއް ހޭދަ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކަޕިލް އާއި އަންހެނުން ގިނީއަށް ފުރަތަމަ ދަރިފުޅު އަނައިރާ ލިބިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. އަދި ޓްރިޝާން ލިބިފައިވަނީ މިއަހަރުގެ ފެބްރުއަރީ ދެ ވަނަ ދުވަހު އެވެ.

އަނައިރާ ވިހޭންސުރެ ދަރިފުޅުގެ ފޮޓޯ އާންމު ކުރި ނަމަވެސް ޓްރިޝާން ވިހޭކަން ހާމަ ކުރުން ފިޔަވާ އެ ކުއްޖާގެ ފޮޓޯއެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ސަޕޯޓަރުން ޓްރިޝާންގެ ފޮޓޯއެއް އާންމު ކުރުމުން އެދުމުން ކަޕިލް ބުނެފައިވަނީ ވަރަށް އަވަހަށް ޓްރިޝާން އާންމުންނަށް ދައްކާލާނެ ކަމަށެވެ.

ސޮނީ ޓީވީން ދެއްކި ކަޕިލްގެ މަޝްހޫރު ޝޯ “ދި ކަޕިލް ޝަރުމާ ޝޯ” ވަނީ މަގުބޫލުކަށް ދަށްވުމާއި ކޯވިޑްގެ ހާލަތުގެ ސަބަބުން ގެސްޓުން ގެންދިއުމުގެ ދަތިކަމާއި ކުރިމަތިވާތީ މިދިޔަ ފެބްރުއަރީ މަހު ނިންމާލާފައި އެވެ.

އެކަމަކު އެ ޝޯ އަންނަ މަހު އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އަންނަ މަހު ޝޯގެ ޝޫޓިންތައްވެސް ފަށާނެ ކަމަށް ވެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: