
މިދުވަސްވަރު ޚަރަދު ކުރުމުގައި ވަރަށްބޮޑަށް ސަމާލުވާން ޖެހޭ: އަމީރު
މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއް ކަމަށާއި އެހެންކަމުން ޚަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުން ކަމަށެވެ. އަދި ޕްރިއަރަޓައިޒްކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކުރުން ކަމަށެވެ.
މީގެ އިތުރުން މިވަގުތަކީ އަޅުގަނޑުމެން ބޭނުންވިޔަސް, އަޅުގަނޑުމެން ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަންޖެހޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
“ މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފައި. 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ.“ މިނިސްޓަރ އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށާއި މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން ކަމަށާއި 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ ވެސް އެކަން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.
dhathidhuvasvarah balai konmeveriakah geakaaikonme membarakah geakaai konme beyfulhakah kaarukolhakaai raeeskankurevvikonmebeyfulhakah 2lakkarufiyaa ai miee americaafaisaa akah balaanekamenneh bala ilmuverin vidhaalhuvaagothunthiyagothah kanthahkoh baarugebeynunkurumun aammuvegenanna kofaa aai nurakkaatheri vabaathah ginavanee