ޔޫރޯ 2020: ޕޯޗުގަލް ކުޅުންތެރިން ބައިކޮޅަށް ޖެހި ލަނޑުތަކާއި އެކު ޖަރުމަން މޮޅުވެއްޖެ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި މިރޭ ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުން ޖަރުމަން މޮޅުވެއްޖެއެވެ

ޖަރުމަންގެ މިޔުނިކް ގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

މެޗު ފަށައިގެން ވެސް މޮޅަށް ކުޅެފައިވަނީ ޖަރުމަނުންނެވެ. އެގޮތުން އެޓީމުން ދިޔައީ ޕޯޗުގަލްގެ ފަހަތަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިބުނު ކައުންޓަރ އެޓޭކެއްގައި ލަނޑުޖަހާ ފުރަތަމަ ލީޑުނެގީ ޕޯޗުގަލްއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 30 ވަނަ މިނެޓުގައި ރުބެން ޑިއާސް ބައިކޮޅަށް ޖަހައިދިން ލަނޑުންނެވެ. ޖަރުމަނުން މި މެޗުގައި ލީޑު ނެގީވެސް ޕޯޗުގަލްގެ ކުޅުންތެރިއަކު ބައިކޮޅަށް ޖަހައިދިން ލަނޑަކުންނެވެ. މިއީ ރަފޭލް ގެރޭރޯއަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑުތަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޖަރުމަނުން ލީޑުގައި އޮވެ ނިންމާލިއިރު، ފަހުހާފަށް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެފައިވަނީ ޖަރުމަނުންނެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ޖަރުމަންގެ ތިންވަނަ ލަނޑު ޖަހައިދިނީ ކައި ހަވަޓްސްއެވެ. ޖަރުމަންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި ރޮބިން ގޮސެންއެވެ. ޕޯޗުގަލްއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރީ 67 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ޖަހައިދިން ލަނޑުންނެވެ. މި ނަތީޖާއާއި އެކު މެޗު ނިމިގެން ދިޔައިރު، ޕޯޗުގަލްއަށް ޖެހުނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސްއާއި ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރުކުރާށެވެ. އެ މެޗަކީ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ޕޯޗުގަލްއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

މިރޭގެ ނަތީޖާއާއި އެކު މިހާރު ތާވަލްގެ އެއްވަނާގައި ހަތަރު ޕޮއިންޓާއި އެކު ފްރާންސް އޮތްއިރު، ދެވަނާގައި ޕޯޗުގަލްއާއި އެއްވަރަކަށް ޕޮއިންޓު ލިބިގެން ގޯލުގެ ތަފާތުން ކުރި ލިބިގެން ދެވަނާގައި އޮތީ ޖަރުމަންއެވެ. ތިންވަނަ ލިބެނީ ޕޯޗުގަލްއަށެވެ. ގުރޫޕުގެ ފުލުގައި އެއް ޕޮއިންޓާއި އެކު އޮތީ ހަންގޭރީއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނިކުންނާނީ ފްރާންސްއާއި ދެކޮޅަށެވެ. އަދި ޖަރުމަން ނިކުންނާނީ ހަންގޭރީއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.