ޔޫރޯ 2020: ހަންގޭރީން ވަރުގަދަ ފްރާންސް ހިފަހައްޓާލައިފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެފްގައި ހަންގޭރީއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހަންގޭރީގެ ބުޑަޕެސްޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

މެޗު ފެށިގެންވެސް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި ހާފުގެ ފަހު ފަސް މިނެޓަށް ދަންދެންވެސް އެއްވެސް ޓީމަކަށް ލަނޑު ޖަހަން މާ ރަނގަޅު ހުސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. ހަންގޭރީން ފްރާންސްގެ ގޯލް ފޫއަޅުވާލާ މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގައެވެ.

ހަންގޭރީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފަށް ކުޅެން ނިކުމެވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފްރާންސްއިން މެޗުގެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެންޓޮނިން ގްރީޒްމަންއެވެ. އޭނާ މި ލަނޑު ޖެހީ އެމްބާޕޭ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ހަންގޭރީގެ ކުޅުންތެރިއެއްގެ ފައިގަ ޖެހި ބައުންސްވެގެން ނިކުތް ވަގުތު ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހުވެސް ފްރާންސްއިން ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރިތަން ފެނުނެވެ. އެހެން ނަމަވެސް ފްރާންއަށް ހަންގޭރީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން މާރަނގަޅު ފުރުސަތެއް ލިބޭގޮތެއް ނުވިއެވެ. މި މެޗުގައި ހަންގޭރީގެ ޑިފެންސްލައިނުގެ ވަރުގަދަކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ނަތީޖާ ބަދަލުކޮށް ނުލެވި މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.

މި ނަތީޖާއާއި އެކު ފްރާންސް އޮތީ ކުޅުނު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ގުރޫޕުގެ އެންމެ ކުރީގައެވެ. ގުރޫޕުގެ ދެވަނާގައި އެއްމެޗުން ތިން ޕޮއިންޓާއި އެކު އޮތީ ޕޯޗުގަލްއެވެ. އަދި ގުރޫޕުގެ ތިން ވަނާގައި އެއް ޕޮއިންޓާއި އެކު އޮތީ ހަންގޭރީއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.