ޚަބަރު ފީތާ

ބޭސްލައިން ބަޖެޓު އޮގަސްޓު މަހުގެ 12 ގެ ކުރިން ހުށަހެޅުމަށް މީރާ އިން އެދިއްޖެ

ފައިލް ފޮޓޯ

ބޭސްލައިން ބަޖެޓު އޮގަސްޓު މަހުގެ 12 ގެ ކުރިން ހުށަހެޅުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރެފައިވާ ސާރކިއުލަރއެއްގައި ބުނެފައިވަނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓު ސީލިންގ އަށްވުރެ ބޮޑުނުވާނެގޮތަށް ކަމަށެވެ.

އެ ސަރކިއުލަރ ގައި ބުނެފައިވަނީ އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އައު މަޝްރޫއުތަކާއި އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު، ބޭސްލައިން ބަޖެޓު ގައި ނުހިމެނޭނެ ކަމަށެވެ.

ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމަށް، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ.

ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކޮށް ފައިނަލް ކުރަމުންދާ ކަމަށް ވެސް ސާރކިއުލަރ ވަނީ ބުނެފަ އެވެ.

އޮގަސްޓުގެ 12 ގެ ނިޔަލަށް ބޭސްލައިން ބަޖެޓު ހުށަނާޅާ އޮފީސްތަކުގެ ބަޖެޓު ތައްޔާރުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް އޮންނާނެ ކަމަށް ވެސް އެ ސާރކިއުލަރ ގައި ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ބޭސްލައިން ބަޖެޓު އޮގަސްޓު މަހުގެ 12 ގެ ކުރިން ހުށަހެޅުމަށް މީރާ އިން އެދިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.