ޚަބަރު ފީތާ

ރުބީނާ މިފަހަރު ދައްކާ ދިނީ ހުދު ހެދުމެއް ވެސް ޒަމާނަށް ފެއްތިދާނެކަން

ބިގް ބޮސް 14 ކާމިޔާބު ކުރި ބޮލީވުޑްގެ އެކްޓްރެސް ރުބީނާ ދިލަކް އަކީ ފެޝަންގެ ދުނިޔޭގައި ވެސް މަޝްހޫރު ފަންނާނެކެވެ.

ވެސްޓަން ހެދުން އެޅުމުގެ އިތުރުން އިންޑިއާގެ ސަގާފީ ހެދުމެއް ލިޔަސް ރުބީނާއާ ދިމާލަށް ބަލާ މީހުން މަދެއް ނޫނެވެ. އޭނާގެ އިންސްޓަގްރާމަށް ބަލާލިޔަސް ފެންނަނީ އެކި ޑިޒައިންތަކުގެ ހެދުންތަކަށް އޭނާ އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވާ ފޮޓޯތަކެވެ.

ތަފާތު ގޮތްގޮތަށް ހެދުން އަޅާ ރުބީނާ އިއްޔެ ވަނީ ހުދު ކުލައިގެ ހެދުމަކީ ވެސް އާދައިގެ ކުލައެެއް ނޫންކަން ސާބިތު ކޮށްދީފައެވެ. ހުދު މައްޗަކާއި އެއްބަޔަށް އިން ބްލޭޒަރ އެއް ލައިގެން ހުރި ފޮޓޯއެއް ހިއްސާކުރަން ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ “ވަގުތާ ހާލަތު ވެސް އަންނަނީ ބަދަލުވަމުން” ކަމަށެވެ. ފަހަރެއްގައި ރުބީނާ އެބުނަނީ، އާންމުކޮށް އިންޑިއާގަައި ވަކި ހަފްލާތަކެއްގައި މީހުން ލައި އުޅޭ ކުލައެއްގެ ހެދުމެއް، ޒަމާނާ އެއްގޮތަށް ބަދަލުކޮށްލި ވާހަކަ ކަމަށް ވެދާނެއެވެ.

ބިގްބޮސް 14ގައި ބައިވެރިވުމުގެ އިތުރުން ރުބީނާ ފާހަގަ ވެފައިވަނީ ޓީވީ ޝޯ “ޗޯޓީ ބަހޫ” އަދި “ޝަކްތީ؛ އަސްތިތުވާކޭ އެހެސާސްކީ” އިންނެވެ.

Like
Like Love Haha Wow Sad Angry
1