ޔޫރޯ 2020: ( ގުރޫޕް ސީ) ނެދަލެންޑްސް – އޮސްޓްރިއާ

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ ނެދަލެންޑްސް އާއި އޮސްޓްރިއާ މިރޭ ބައްދަލުކުރާނެވެ. މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު ، ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަ މެޗުން މި ދެޓީމުވެސް ވަނީ މޮޅުވެފައެވެ. އެހެންކަމުން ނެދަލެންޑްސް އަށް ވެސް އަދި އޮސްޓްރުއާއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ދެޓީމު މިރޭ ބައްދަލުކުރާ މި މެޗަކީ ފޯރިގަދަ މެޗެކެވެ. މުބާރާތުގެ ދެވަނަބުރަށް ދިއުމަށް މިރޭގެ މެޗުން މޮޅެއް ހޯދުން ދެޓީމަށްވެސް މުހިންމެވެ. ދެވަނަ ބުރުގެ ފުރުސަތު މިހާރުވެސް ބޮޑު ނެދަލެންޑްސް އަދި އޮސްޓްރިއާ މިރޭ ބައްދަލުކުރާ މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެގެންދާނެވެ.

މި ގްރޫޕުގެ ނަތީޖާތަކަށް ބަލާއިރު މިހާރު މިވަގުތު އެއްވަނައިގައި ވަނީ އޮސްޓްރިއާ އެވެ. ދެވަނައިގައި ނެދަލޭންޑްސް އެވެ. އޮސްޓްރިއާ އަށް މިވަގުތު އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އިޝްތިހާރު Below Header ad

ނެދަލެންޑްސް އަދި އޮސްޓްރިއާގެ ތާރީޚީ ކުރިމަތިލުންތައް

ނެދަލެންޑްސް އަދި އޮސްޓްރިއާ މީގެ ކުރިން 19 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 9 ފަހަރު ނެދަލެންޑްސް މޮޅުވިއިރު، އޮސްޓްރިއާ މޮޅުވެފައިވަނީ 6 ފަހަރުއެވެ. ހަތަރު މެޗު އެއްވަރުވެފައިވެއެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ނެދަލެންޑްސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވިއެވެ.

އޮސްޓްރިއާއަށް ބަލާއިރު އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.