ހެލްތު ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް މަގާމަށް މީހަކު ހޯދަނީ، މުސާރައަކީ 70،000 ރުފިޔާ

ހެލްތު ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް މަގާމަށް، މަހަކު 70،000 ރުފިޔާގެ މުސާރައަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430 ރުފިޔާ އާއި ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތާއި ފެންޝަން ކޮންޓްރިބިއުޝަން ވެސް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުން ހިމެނެ އެވެ. އަދި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމާއި ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން ހިމެނޭ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހާއަކީ ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް އޮންނަ މީހަކަށް ވާން ޖެހޭނެ އިރު، އެމީހަކީ އެއް އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ. އަދި ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާން ޖެހޭ އިރު، އެ މީހަކީ ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސިއްހީ ދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

މިއީ ސިވިލް ސަރވިސްގެ މަގާމްތަކަށް ބަލާއިރު އެންމެ ބޮޑެތި މުސާރަ ދޭ އެއް މަގާމެވެ. މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމެވެ.

މި މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.ޝީޒާ އަލީގެ ޓާރމް ފުރިހަމަ ކުރުމަށް ފަހު މަގާމުން ވަކިވެޑައިގަތުމުންނެވެ.

މި މަގާމަށް އައްޔަން ކުރަނީ ހަތަރު އަހަރު ދުވަހަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.