
މާލޭގެ ގެއެއްގެ 3 ވަނަ ބުރިން މީހަކު ވެއްޓިއްޖެ
މާލޭގެ ގެއެއްގެ 3 ވަނަ ބުރިން މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ވެއްޓިފައިވަނީ އަންހެނެއް ކަމަށެވެ. އަދި އެއީ ހެންވޭރުގައި ހުރި ގެއަކުން ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 00:39 ގައި ލިބިފައިވާ ކަމަށާއި އެ ހާދިސާގައި ވެއްޓިފައިވަނީ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށެވެ.