ޔޫރޯ 2020: ފިންލޭންޑް ބަލިކޮށް ރަޝިޔާ އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުން ފިންލޭންޑު ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ރަޝިޔާއިން އާކޮށްފިއެވެ.

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމުގައި ކުޅުނު މިި މެޗު ރަޝިޔާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ރަޝިޔާއިންނެވެ. އެގޮތުން ފިންލެންޑުގެ ހާފުތެރޭ ގިނަ ވަގުތު ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ރަޝިއިން އުފެއްދިއެވެ. ފިންލޭންޑުން ވެސް ވަނީ މި ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ރަޝިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުތެރޭ ރަޝިއާއިން ކާމިޔާބު ކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިރެންޗުކް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޒޫބާ ތަނަވަސްކުރި ބޯޅައަކުން އޭރިއާ ތެރެއަށް ވަދެއެވެ.

މެޗުގެ ފުރަތަމަ ހާފު ރަޝިއާއިން ލޯޑުގައި އޮވެ ނިންމާލިއިރު، ފަހު ހާފުގައިވެސް ރަނގަޅަށް ކުޚެ ގިނަ ހަމާލާތައް އުފެއްދީ ރަޝިއާއިންނެވެ. ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މި މޮޅާއެކު ރަޝިޔާ އޮތީ ގްރޫޕުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ އެއްވަނައިގައި މިވަގުތުު ބެލްޖިއަމް އޮތްއިރު މާދަމާ ޑެންމާކް އަތުން ބެލްޖިއަމް މޮޅުވެއްޖެ ނަމަ އެ ޓީމަށް އަނެއްކާވެސް ގްރޫޕުގެ އެއްވަނަ މަގާމު ލިބިގެންދާނެ އެވެ. މި ގްރޫޕުގައި ތިން ޓީމު މިހާރު އޮތީ ތިން ޕޮއިންޓާއެކު އެވެ. އެއީ ރަޝިޔާ އާއި ފިންލޭންޑުގެ އިތުރުން ބެލްޖިއަމް އެވެ. އަދި މިހާތަނަށް ޕޮއިންޓެއް ނުލިބި އޮތީ ޑެންމާކް އެވެ.

ގުރޫޕް ސްޓޭޖުގައި ރަޝިޔާ ދެން ކުޅޭނީ ޑެންމާކްއާއި ދެކޮޅަށް ކުޅޭ މެޗެވެ. މިއީ އެޓީމުން ކުޅޭނެ ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މި މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު ފިންލޭންޑް ނިކުންނާނީ ބެލްޖިއަމްއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.