ޕީޕީއެމް އޮފީހުގައި މިރޭ ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބާއްވަން މަސައްކަތް ކުރި ޖަލްސާ ކުރިޔައް ގެންދިޔަނުދީ އެސްއޯ ފުލުހުން ހުރަސް އަޅަފައިފިއެވެ.
އެސްއޯ ފުލުހުން މައުމޫން ފެކްޝަނުން ބާއްވަން މަސައްކަތް ކުރި ޖަލްސާ އަށް އަންނަމުންދާ އާންމުންވެސް އެ ސަރަހައްދުން ދުރައްޖައްސަމުން އެބަދެއެވެ.
އެގޮތުން މިހާރު ފުލުހުމް ވަނީ އެސަރަހައްދައް އެއްވެ ތިބި ބައެއް މީހުންގެ ގަޔައް ޕެޕަސްޕްރޭވެސް ޖަހާފައެވެ.
އަދިވެސް ފުލުހުން ދަނީ އެސަރަހައްދައް އެއްވަމުންގެންދާ އާންމުން ސަރަހައްދު ދޫކޮށް ދިއުމަށްވެސް އިލްތިމާސްކުރަމުންނެވެ.
އެސްއޯ ފުލުހުން މިހާރުވަނީ ޕީޕީއެމް އޮފީސްހުން ނަސަރަހައްދު ބައްދުވެސް ކޮށްފައެވެ.
އިތުރު ތަފްޞީލް އަންނަނީ…..