ސީކުއެންސިން ހެދުމަށް ފޮނުވި ސާމްޕަލްތަކުގެ 27 ޕަސެންޓަކީ ޑެލްޓާ ވޭރިއަންޓް: ޑރ. ނަޒްލާ

ސީކުއެންސިން ހެދުމަށް ފޮނުވި ސާމްޕަލްތަކުގެ 27 ޕަސެންޓަކީ ޑެލްޓާ ވޭރިއަންޓް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެއީއޯސި) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސީކުއެންސިން ހެދުމަށް އެންމެ ފަހުން ފޮނުވި ތިންވަނަ ބެޗުގެ ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި ސީކުއެންސިން ހެދުމަށް ކޮންމެ ފަހަރަކު ވެސް ފޮނުވަނީ 30 ސާމްޕަލް ކަމަށެވެ.

އިޝްތިހާރު Below Header ad

“އެ ސާމްޕަލްތަކުގެ ނަތީޖާ ދައްކާ ގޮތުން، އޭގެ ތެރޭގައި އެންމެ ގިނައީ ޑެލްޓާ ވޭރިއަންޓް. ރާއްޖޭގައި މިވަގުތު އިންޑިއާއިން ފެނުނު ކޮވިޑް19 ގެ ޑެލްޓާ ވޭރިއަންޓާއި އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓް ހިމެނޭގޮތަށް ފަހަކަށް ވުރެ ގިނަ ވޭރިއަންޓް ރާއްޖޭގައި އަންނަނީ ފެތުރެމުން.” ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލްތަކުގެ 27 ޕަސެންޓަކީ ޑެލްޓާ ވޭރިއަންޓް ކަމަށާއި އަދި 20 ޕަސެންޓަކީ އަލްފާ ވޭރިއަންޓް ކަމަށެވެ. އަދި 13 ޕަސެންޓަކީ ޖީ ވޭރިއަންޓް ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސީކުއެންސިންއަށް ފޮނުވި ސާމްޕަލްތަކުގެ ތެރޭގައި ދިވެހީންނާއި ބިދޭސީން ވެސް ހިމެނޭ ކަމަށާއި ބޭރު މީހުން ރާއްޖެ އައިސް، އަދި ދިވެހިން އެހެން ގައުމުތަކަށް ދަތުރުކޮށް ހަދާއިރު، ދުނިޔޭގެ އެކި ތަންތަނުގައި އަލަށް ތައާރަފުވާ ވޭރިއަންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސާމްޕަލްތައް ދައްކާގޮތުން ރާއްޖޭގައި ޑެލްޓާ، އަލްފާ، ޖީ، ޖީއާރް، އަދި ޕެރޫއާއި ޗިލޭއިން ފެނުނު ސަބްލީނިއޭޖް ވޭރިއެންޓެއްވެސް އުޅޭ ކަަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑެލްޓާ ވޭރިއެންޓަކީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާއިން ފެނުނު ވޭރިއެންޓެކެވެ. މި ވޭރިއެންޓް މިހާރު 70 އަށްވުރެ ގިނަ ގައުމުން ފެނިފައިވާ އިރު، އަލްފާ ވޭރިއެންޓަކީ އިނގިރޭސިވިލާތުގެ ކެންޓްއިން މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭ ފުރަތަމަ ފެނުނު ވޭރިއެންޓެކެވެ.

މި ދެ ވޭރިއެންޓަކީ ހަލުވިކަމާއެކު ފެތުރޭ ދެ ވޭރިއެންޓްކަމަށް ސައިންސްވެރިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓަކީ އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓެވެ. އަދި އެ ވޭރިއަންޓުގެ ސަބަބުން ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ބަލީގައި ސީރިއަސްވުން އިތުރުވެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން މިދިޔަ މެއި މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ބަލީގައި ގިނަ ބަޔަކު ވަނީ ނިޔާވެފަ އެވެ.

އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުން ވެސް ހިމެނެ އެވެ. އަދި ކޮވިޑުގައި ރާއްޖެއިން އަލަށް ކުޑަ ކުއްޖަކު މަރުވި އިރު، މާބަނޑު އަންހެނަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވުމުގެ ސަބަބުން ސިޒޭރިއަން ހަދައިގެން ކުއްޖާ ވަނީ ނަގާފަ އެވެ. ސިޒޭރިއަން ހެދިތާ ހަފްތާއެއް ތެރޭ 25 އަހަރުގެ އެ އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.

އެއީ ރާއްޖޭގައި ކޮވިޑާ ގުޅިގެން ރެކޯޑު ކުރެވުނު ފުރަތަމަ މެޓަރނަލް ޑެތު ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.