ޔޫރޯ 2020: ރޮނާލްޑޯ ދެ ގޯލުޖަހާ ޕޯޗުގަލް މޮޅުކޮށްދީ ތާރީޚުގެ ތެރެއަށް

ޔޫރޯ 2020 ގެ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއި އެކު ހަންގޭރީގެ މައްޗަށް ޕޯޗުގަލްއިން ކުރި ހޯދައިފިއެވެ.

މިރޭ ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ޕޯޗުގަލްއިންނެވެެ. ލަނޑު ޖަހަން ޕޯޗުގަލްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އޮވެއެވެ.

މެޗުގެ ފަހު ހާފަށް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެމުން ދިޔައީ ޕޯޗުގަލުންނެވެެ. މެޗުގެ ފުރަތަމަ ގޯލު ޖަހާ ޕޯޗުގަލްއިން ލީޑުނެގީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރެއިރޯއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ތިންވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީގެ ރިކޯޑު ރޮނާލްޑޯ މުގުރާލީ 11 ލަނޑު ޖަހައިގެންނެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ އެންމެ ގިނަ ޔޫރޯގައި ކުޅުމާއި، ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑުތައްވެސް ހަދާފައެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 174 މެޗުން 106 ގޯލް ޖަހައިފައެވެ. ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް އިރާނުގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯއަށް ބޭނުންވަނީ ތިން ގޯލެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޕޯޗުގަލް ނިކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހުގެރޭ ރާއްޖޭ ގަޑިން 9 ގައެވެ. އަދި ހަންގޭރީ ނިކުންނާނީ ފްރާންސްއާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހު ހަވީރު 6 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.