ސޯމާލިޔާގެ އަސްކަރީ ކޭމްޕަކަށް ބޮމުގެ ހަމަލާއެއް ދީފި

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ އަސްކަރީ އޮފިސަރުން ތަމްރީނުކުރާ ކޭމްޕަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 15 އަސްކަރީ އޮފިސަރުން މަރުވެފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ބޭރުގެ ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން އަސްކަރީ އޮފިސަރ މުޙައްމަދު އާދަމް ބުނެފައި ވަނީ، މި ޙަމަލާ ދީފައި ވަނީ ދެގޯބަދަން މިލިޓަރީ ކޭމްޕުގައި އަސްކަރިއްޔާއަށް ތަމްރީނުވުމަށް އޮފިސަރުން ނިކުމެ ކިއު ހަދައިގެން ތިބި ވަގުތު، އަސްކަރީ އޮފިސަރެއްގެ ހެދުން އަޅައިގެން އެކިއުގެ ތެރެއަށް ވަދެ ކަމަށެވެ. މިހާދިސާގައި 15 އޮފިސަރުން މަރުވެފައިވާ ކަމަށް މިހާތަނަށް ރެކޯޑު ކުރެވިފައިވާ ކަމަށާއި، އަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނަ ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

މިހަމަލާގައި އަނިޔާވި އޮފިސަރުން މޮގަދިޝޫގެ މަދީނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. މިއީ ފާއިތުވި 18 މަސްދުވަސް ތެރޭގައި އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އަދި މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

ސޯމާލިޔާގައި ހޮޓާތަކާއި ޗެކްޕޮއިންޓް ތަކުގައި ހަމަލާތައް ދިނުން ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ޑިސެމްބަރގައި ސިޓީ ސެންޓަރގެ ޗެކްޕޮއިންޓެއްގައި ޖާނުން ފިދާވެ ކާރެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 81 މީހުން ވަނީ މަރުވެފައެވެ. އޭގެ ފަހުން އޮގަސްޓް 2020 ގައި ހޮޓަލަކަށް ދިން ހަމަލާއެއްގައި 11 މީހުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.