ޖޫން 22 ގެ ނިޔަލަށް މީރާގެ ކައުންޓަރުތަކުން ޚިދުމަތްތައް ނުދިނުމަށް ނިންމައިފި

މޯލްޑިވްސް އިންލެންޑް މަނިޓަރީ އޮތޯރިޓީ (މީރާ) އިން ޖޫން 22 ގެ ނިޔަލަށް މީރާގެ ކައުންޓަރުތަކުން ޚިދުމަތްތައް ނުދިނުމަށް ނިންމައިފި އެވެ.

އެ އޮތޯރިޓީން ކުރި އިޢުލާނުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

މީރާ އިން ބުނީ ކައުންޓަރުތަކުން ޚިދުމަތް ނުދިނަސް އެ އޮތޯރިޓީއަށް ދައްކަންޖެހޭ އެންމެހައި ޓެކުހާއި ފީތައް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި މީރާއިން ގުޅަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގައި އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅައިގެންނާއި، ވައިބަރ ނަންބަރު 9821415 އަށް މެސެޖު ކޮށްގެން މައުލޫމާތު ލިބޭނެ ކަމަށް މީރާއިން ބުނެ އެވެ.

MIRA 5

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.