ޖަމްޢިއްޔަތުލް ނިދާއު އަލް އިސްލާމެ ފަރާތުން ނ ފޮއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ނ ފޮއްދޫއަށް ނިސްބަތް ވާ ޖަމްޢިއްޔަތުލްނިދާއު އަލް އިސްލާމް ޖަމިއްޔާއިން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި އެރަށު ގިނައަދަދެއްގެ ކުޑަކުންނާއި އެކުދިންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.
އެ ޖަމްޢިއްޔާއިން ނ ފޮއްދޫގެ ދެކުނު ފަރާތު އަތިރިމަތީ ގައި ބޭއްވި މިކުޑަކުދިންގެ ހަވީރުގައި ތަފާތު ކުޅިވަރުތައް ވެސް ވަނީ ބޭއްވިފައެވެ.
އެގޮތުން މަސްބޭނުމާއި، ބޯޅަ ގޯލަށް ވެއްދުން، ނަގޫ ހިއްޕުމާއި ދަޅުވެއްޓުން ފަދަ ކުޅިވަރުތައް ވަނީ ކުޑަކުދިންނަށް ބާއްވާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ މަދަހަކިޔުންވެސް މި އިވެންޓްގައި ވަނީ ކުރިޔައް ގެންގޮސްފައެވެ.
އެގޮތުން ކުޅިވަރުތަކަށް ވަކިޚާއްޞަ އިނާމުތަކެއް ވެއް ކަނޑައަޅާ މި ކުޅިވަރުތަކުގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އިނާމުތައް ވެސް ވަނީ ދީފައެވެ.
މި ޖަމްޢިއްޔާއިން ކުރިޔައްގެންދިޔަ މި ކުޑަކުދިންގެ ހަވީރަކީ ފޮއްދޫގެ ގިނަ ބެލެނިވެރިންނާއި ކުދިންނަށް ވަރަށް ކަމުދިޔަ އިވެއްޓެއްގެ ގޮތުގައި ވަނީ ފާހަގަ ވެގެންގޮސްފައެވެ.
މި އިވެންޓާ ބެހޭގޮތުން ވާހަކަދައްކަމުން ފޮއްދޫ ނިދާއު އަލް އިސްލާމް ޖަމްޢިއްޔާގެ ރައީސް އިބުރާހިމް ވާފިރު ވިދާޅުވީ އެ ޖަމްޢިއްޔާއިން އިސްނަގައިގެން ބޭއްވި މި އިވެންޓަކީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލި އިވެންޓެއް ކަމަށާއި މި އިވެންޓްގެ ފުރިހަމަ ކަމާއެކު ގިނަ ކުޑަކުދިންނާއި ބެކެނިވެރިން ދަނީ ވާހަކަދައްކަމުންކަމަށްވެސް ވާފިރު ވިދާޅުވިއެވެ.
ވާފިރު ވިދާޅުވީ އަދިވެސް އެފަދަ އިވެއްޓެއް ބާއްވައިދިނުމަށް ގިނަ ކުޑަކުދިންނާއި ބެލެނިވެރިން އެދެމުންދާކަމަށެވެ.
“ މި އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއް. ގިނަ ކުދިން މި އިވެންޓް ނިންމާލަންވެސް ބޭނުމެއްނުވި. މި އިވެންޓްގައި ބައިވެރިވި ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފަލުން ހިންހަމަ ޖެހިފަ، އަދި މިފަދަ އިވެއްޓެއް ބާއްވައިދިނުމަށް އެދެމުންދޭ.“ ވާފިރު ބުންޏެވެ.