މާލޭގައި ސެލޫން ހިންގާ ފަރާތްތަކާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

މާލޭގައި ސެލޫން ހިންގާ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

އޮންލައިންކޮށް ބޭއްވެވި މި ބައްދަލުވުމުގައި ކޮވިޑުގެ ބަލިމަޑުކަމުގެ މިހާލަތުގައި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސެލޫންތައް ހިންގުމަށް ދިމާވެފައިވާ ދަތިތައް ސެލޫންތައް ހިންގާ ފަރާތްތަކުން ވަނީ ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.

އިޝްތިހާރު Below Header ad

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭއިރު، ސެލޫންތަކަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ރިއާޔަތްކޮށް އެކަންތައްތަކަށް ވިސްނައިގެން ލުއިދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް، ސެލޫންތަކުގެ ވެރިންނަށް ރައީސް ޔަގީންކަން ދެއްވި ކަމަށެވެ.

ފަހަަކަށް އައިސް ރާއްޖޭގައި ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާ ބޯކޮށާ ތަންތަނާއި ސެލޫންތައް ބަންދުކުރަން އެޗްޕީއޭ އިން އެންގީ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.

ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުން އަންނަކަަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އަދި ދެވެން އޮތް ލުއިތައް ބަލައި، އެކަން ކުރައްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުންނަ އިރު ޚާއްސަ ހުއްދަ އެއް ބޭނުންވުމާއި، ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.