ޚަބަރު ފީތާ

އެއްވެސް ގައުމަކަށް އެއްވެސް އެއަރޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކުމުގެ ނިޔަތެއް ނެތް: ފައްޔާޒު

އެއްވެސް ގައުމަކަށް އެއްވެސް އެއަރޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކުމުގެ ނިޔަތެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެ އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހާ ގުޅިގެން އެ މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ އިސްލާހާ ގުޅިގެން ގޮތްގޮތަށް އަނބުރައިގެން އެކި މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެފްޑީއައި އަށް އިސްލާހު ގެނައުމަށް ނިންމި އިރު، އިދިކޮޅުން ނުކުމެ ބުނާނެ ބަހަކަށް ނުވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިދިކޮޅުން ބުނާނެ އެއްޗަކަށް ވިސްނަވަން ވަގުތު ނެތް ކަމަށެވެ. އަދި ސަރުކާރު ހިންގުމަށާއި ވެފައިވާ ވައުދުތައް ފުއްދުމުގައި ކަންކަން ކުރަމުންދާ ކަމަށެވެ.

“ކަމެއް ކުރުމުން އެ ކަމެއް އަނބުރާ އޮޅުވާލައި ވާހަކަތައް ދައްކަން ފެށީމާ ނުކުމެ ޖަވާބު ދޭނެ. މިއީ ވާދަވެރި ސިޔާސީ މާހައުލެއް އޮތް ތަނެއް. އެފަދަ ކަންކަން އަންނާނެ ކަން އެނގޭ.” މިނިސްޓަރ ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry