ޚަބަރު ފީތާ

ގިރިފުށި ބަނދަރު ތަރައްގީކުރަން 18 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ޙަވާލުކޮށްފި

ކ. ގިރިފުށި ބަނދަރު ތަރައްގީކުރަން 18.35 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާރޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤެވެ.

މި މަޝްރޫޢު 145 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު، ގިރިފުށީގައި 314 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެ ގޮތަށް ވަނީ ނިންމާފަ އެވެ.

Like
Like Love Haha Wow Sad Angry