ޔޫރޯ 2020: ޝީކްގެ ދެ ލަނޑުން މޮޅުވެ، ޗެކްރިޕަބްލިކުން ފެށުން ރަނގަޅުކޮށްފި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން ސްކޮޓްލެންޑް ބަލިކޮށް ޗެކްރިޕަބްލިކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގްލަސްގޯ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެކްރިޕަބްލިކުން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ޕެޓްރިކް ޝީކްއެވެ.

އިޝްތިހާރު Below Header ad

މި ދެޓީމުގެ އިތުރުން ގްރޫޕް ޑީގައި ދެން ހިމެނެނީ އިންގެލެންޑާއި ކްރޮއޭޝިއާއެވެ. މި ދެޓީމު ވަނީ ރޭގައި ބައްދަލުކޮށްފައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ.

މެެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ ޗެކްރިޕަބްލިކުންނެވެ. އެގޮތުން ސްކޮޓްލެންޑުގެ ގޯލަށް ނުރައްކާތެރި ދެ ހަމާލާއެއް ވަރަށް ގާތްގާތުގައި ސްކޮޓްލެންޑުން ފޮނުވާލާފައިވެއެވެ. ޗެކްރިޕަބްލިކުން މެޗުގެ ލީޑުނެގީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝީކްއެވެ.

އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޗެކްރިޕަބްލިކުން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 52 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޕެޓްރިކް ޝީކްއެވެ.

މި ލަނޑަށް ފަހު މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްގެ ތަށަށް ގެނެސްގެން ކުޅެފައިވަނީ ސްކޮޓްލެންޑުންނެވެ. ޗެކްރިޕަބްލިކްގެ ފަހަތަށް ބާރު ބޮޑުކޮށް ގޯލަށް ގިނަ ހަމާތަކެއް އަމާޒުކުރި ނަމަވެސް ޗެކްރިޕަބްލިކުގެ ޑިފެންސުން މި ހަމާލަތައް ވަނީ ހުއްޓުވާފައެވެ.

މި ގުރޫޕަށް ބަލައިރު ގޯލުގެ ތަފާތުން ގުރޫޕުގެ އެއްވަނަ ލިބެނީ އިންގްލެންޑަށެވެ. ދެވަނަ ލިބެނީ ޗެކްރިޕަބްލިކްއަށެވެ.

މިރޭ ސްކޮޓްލެންޑް އަތުން މޮޅުވި ޗެކްރިޕަބްލިކް މުބާރާތުގައި ދެން ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. މި މެޗު ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި ސްކޮޓްލެންޑް ނިކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.