ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް އީ) ސްޕެއިން – ސްވިޑެން

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އީގެ ދެޓީމު ކަމަށްވާ ސްޕެއިން އަދި ސްވިޑެންއެވެ. ސްޕެއިންގެ އެސްޓޭޑިއޯ ލަ ކަރްތޫޒާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ބެލުމަށް 40،000 މީހުންނަށް ފުރުސަތުދޭން ޔޫއެފާއިން ވަނީ ނިންމާފައެވެ. ސްޓޭޑިއަމްގެ ޖުމްލަ ޖާގައަކީ 62000 އެވެ.

ސްޕެއިން އަދި ސްވިޑެންއަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގައި މި ދެޓީމަކީ ދެ ފެންވަރެއްގެ ދެޓީމޭ ބުނެވިދާނެއެވެ. ސަބަބަކީ ސްޕެއިން ދުނިޔޭގެ ލެވެލްގައާއި ޔޫރަޕް ލެވެލްގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް މިހާތަނަށް ހޯދާފައި ވުމުންނެވެ. ސްޕެއިން ވަނީ މިހާތަނަށް ޔޫރޯ ފުޓްބޯޅަ މުބާރަތުގެ ތަށިން ތިން ފަހަރު އަދި ވޯލްޑް ކަޕް ތަށި އެއްފަހަރު ހޯދާފައެވެ. ނަމަވެސް ސްވިޑެންއަށް މިހާތަނަށް ދުނިޔޭގެ ލެވެލްގައިވެސް އަދި ޔޫރަޕް ލެވެލްގައިވެސް މިފަދަ އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ސްޕެއިން އަދި ސްވިޑެންގެ ތާރީކީ ކުރިމަތިލުންތައް

ސްޕެއިން އަދި ސްވުޑެން ވަނީ މީގެ ކުރިން15 ފަހަރު ބައްދަލުކޮށްފައެވެ.

މީގެ ތެރެއިން ސްޕެއިން ހަފަހަރު މޮޅުވެފައިވާއިރު، ސްވިޑެން މޮޅުވެފައިވަނީ ތިން ފަހަރުއެވެ. ފަސްމެޗު ވަނީ އެއްވަރުވެފައެވެ.

ދެޓީމު އެންމެ ފަހުން ކުޅެފައިވާ 5 މެޗުގެ ނަތީޖާ

ސްޕެއިން އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ސްވިޑެން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ފަސްމެޗުންވެސް ވަނީ މޮޅުވެފައެވެ.

ސްޕެއިން އަދި ސްވިޑެން ބައްދަލުކުރާ މި މެޗަކީ ގުރޫޕް އީގެ ދެވަމަ މެޗެވެ.

Like
Like Love Haha Wow Sad Angry