މަޖިލީހަށް ހުށަހަޅާފައިވާ ސެކިއުލަރ ބިލަކީ ރާއްޖެއަށް އެހެން ދީންތަައް ގެނައުން: ޕީޕީއެމް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މަޖިލީހަށް ހުށަހަޅާފައިވާ ސެކިއުލަރ ބިލަކީ ރާއްޖެއަށް އެހެން ދީންތަައް ގެނައުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެެވެ.

އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި  ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެ ބިލުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީނަށް ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އަދިމި ބިލުގެ ބޭނުމަކީ އިސްލާމް ދީނާ ދައުލަތް ދޭއްޗަކަށް ހެދުން ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން މި ބިލު ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުން މިހާރުމިތިބެނީ ވާނުވާގެ ތެރޭގައި ކަމަށާއި މިއީ ރައްޔިތުން ދެކެން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.