ޚަބަރު ފީތާ

ރާއްޖެއަށް ލިބުނު ރަންކާމިޔާބީއަށް 13 އަހަރުފުރުން ފާހަގަކުރާއިރު..

ފޮޓޯ: އެފްއޭއެމް

2008 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވީ ހޮނިހިރު ދުވަހަކީ ދިވެހީންގެ ހިތްތަކުން ފިލުވާލަން އުނދަގޫ ދުވަހެކެވެ.

ދިވެހި ފުޓްބޯޅައަށް އާއުންމީދުތަކެއް ގެނުވި މި ދުވަހަކީ އެތަކެއް ދިވެހިންނެއް އުފަލުން ހެއްވާލި ތާރީޚީ ދުވަހެކެވެ.

ލިބުނު ބޮޑު ކާމިޔާބީއާއި ގުޅިގެން ރާއްޖޭގެ ރަށްރަށުގެ އިތުރުން ފުރަ މާލޭގެ މަގުތައްވެސް ފުރާލައި ރައްދޫލައިން ޖަރީކުރެވުނު ދުވަހެކެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް އެދުވަހު ލިބުނު ބޮޑު ކާމިޔާބީ އަކީ ދިވެހިންގެ އެތަކެއް އަހަރުތަކެއްގެ ފޮނި އިުންމީދެވެ. އެ އުންމީދުތަކުގައި ކުލަޖެހުނު ދުވަހަކީ މި ދެންނެވި ދުވަހެވެ. މާލޭ އާއި ސްރީލަންކާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ހޯދިދުވަހެވެ.

އަވަށްޓެރި ސްރީލަންކާގެ ސުގަތަޑަސަ ސްޓޭޑިއަމުގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވަރުގަދަ އިންޑިއާ 0-1 އިން ބަލިކޮށް ފުރަތަމަ ފަހަރަށް ސާފް ސަރަހައްދުގެ ތަށި އުފުލާލި ރަން ދުވަސްމަތިން އަދިވެސް ދިވެހިން ހަނދާން ނުނެތެއެވެ.

އިންޑިއާއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އިންޑިއާގެ ގޯލު ފޫއަޅުވާލި ގޯލްޑެން ބޯއީ މުޙްތާރުގެ ނަސީރުގެ އެ ހިއްގައިމު ގޯލުގެ ވާހަކަ އަދިވެސް ދިވެހިން ދައްކައެވެ. އެ ގޯލްޑެން ބޯއީގެ ހަނދާންތައް ދިވެހި ފުޓްބޯޅައިގައި އާކޮށް ޝުކުރު އަދާކުރެއެވެ. ސާފް ޗެމްޕިއަންޝިޕޭ ބުނެފިނަމަ ކޮންމެ ދިވެއްސެއްގެ ހިތުގައި ހިނގައިގަންނަނީ އެ ޝުއޫރުތަކެވެ. އާވަނީ އެޖޯޝެވެ.

ދިވެހި ގައުމީޓީމް ހޯދި މި ބިޔަ ބޮޑު ކާމިޔާބީއަށް މިއަދާއި ހަމައަށް 13 އަހަރު ފުރުނުއިރު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ދަނީ އަނެއްކާވެސް ގައުމަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓު ކޮލިފިކޭޝަނުގައި ރާއްޖެ ޓީމުން ދަނީ ރާއްޖެއަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރަމުންނެވެ.

ގައުމީޓީމުން ރާއްޖެއަށް ރީތިނަން ހޯދައިދޭން ކުރަމުންގެންދާ މި މަސައްކަތުގައި ހުރިހާ ދިވެހިންވެސް ތިބީ ގައުމީޖީޝުގައި ގައުމީޓީމާއި އެކުގައެވެ.

ކުރީގެ ކާމިޔާބީތަކާއި ގުޅޭ ރަންޖީލުގެ ބައެއް ކުޅުންތެރިން ނެތަސް އަދިވެސް އެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ބައެއް ކުޅުންތެރިން މިހާރުވެސް ގަައުމީޓީމުގައި އެބަ ތިއްބެވެ.

ރާއްޖޭގެ ގައުމީޓީމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓު ކޮލިފިކޭޝަނުގެ މެޗުތައް ކުޅުމުގައެވެ. އެގޮތުން މިހާތަނަށް ކުޅުނު7 މެޗުން ރާއްޖެ ވަނީ ދެ މެޗުން މޮޅުވެ ފަސްމެޗުން ބަލިވެފައެވެ. މިވަގުތު ރާއްޖޭގެ ގައުމީތީމް އޮތީ ކޮލިފައިން ގުރޫޕް އޭގެ ހަތަރުވަނާގައި ހަ ޕޮއިންޓާއި އެކުގައެވެ.

ކޮލިފައިންގައި ފިލިޕީންސް އާއި ދެކޮޅަށް މި މަހުގެ 15 ވާ އަންގާރަ ދުވަހުގެރޭ 20:00 ގައި ގައުމީ ޓީމުން ނުކުންނާނެއެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ރާއްޖެއަށް ލިބުނު ރަންކާމިޔާބީއަށް 13 އަހަރުފުރުން ފާހަގަކުރާއިރު.."

  1. Mukhuthaaruge mudharris | ޖޫން 14, 2021 at 19:25 |

    Alhugandumengebatholekkamavvaa mukhuthaarugegolah mulhithiddoo fakhiruverive eve namaves hithaama akee e ee raajjethereyge kujjakavvaathee e adufanduvegendiya avaskameve mukhuthaarunaseerah rukuraalhenbahun assaribas kiyan

Comments are closed.

%d bloggers like this: