ރޭކުޅުނު މެޗުތަކުން ޔުނައިޓެޑު މޮޅުވެ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރި އިރު ޗެލްސީ ކަޓައިފި.

އިނގިރޭސި ލީގު ކަޕުގައި ރޭގެ ކުޅުނު މެޗުތަކުން ކޮޅުވެ މެންޗެސްޓާ ޔުނައިޓެޑު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރިއިރު ޗެލްސީ މުބާރާތުން ކަޓާއިފިއެވެ.

ޔުނައިޓެޑް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ރޭ ކުޅުނުމެޗުން މެންޗެސްޓަރ ސިޓީގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުހިންމު ގިނަކުޅުންތެރިންތަކެއް ނުލާ ސިޓީން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ލިބިފައެއްނުވެއެވެ.

މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރިއިރު ސިޓީގެ ގޯލަށް މި ހާފުގައި ޔުނައިޓެޑުން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ހުއާން މާޓާ ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ޔުނައިޓެޑަށް ނަގާދީފައެވެ.

މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑުން ތަނަވަސްކޮށްފައިވެއެވެ.

ހަމަ އެގޮތަށް މިމެޗުގައި ސިޓީއަށްވެސް ލަނޑުޖަހާނެ ހުސް ދެފުރުސަތެއް މި މެޗުގައި ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑުން އަތުން ސިޓީ ރޭ ބަލިވިއިރު މިއީ އެޓީމު މޮޅުނުވެ ނިންމާލަންޖެހުނު ހަވަނަ މެޗެވެ.

westhamunitedvchelseaeflcupfourthroundgg9sreo2akal

އިނގިރޭސި ލީގު ކަޕުގައި ރޭކުޅުނު މެޗުން ބަލިވެ ޗެލްސީ ކެޓީ ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ވެސްޓްހަމްގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކުއާޓޭ އާއި އެޑްމިލްސަން ފަނާންޑޭޒްއެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ގެރީ ކޭހިލްއެވެ.

ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ޗެލްސީއަށް ވެސް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިއީ މި މުބާރާތުގެ ކުއާޓާފައިނަލަށް ނުގޮސް ޖެހިޖެހިގެން ޗެލްސީ ކެޓި ދެވަނަ ސީޒަނެވެ.

ރޭގެ މެޗުން މޮޅުވުމުން އިނގިރޭސި ލީގު ކަޕްގެ ކުއާޓާފައިނަލްގައި ވެސްޓްހަމް ޔުނައިޓެޑު ބައްދަލުކުރަންޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.

މުބާރާތުގެ ކުއާޓާފައިނަލް މެޗުތަށް ކުޅޭނީ، އަންނަ މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.