ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް ސީ)- އޮސްޓްރިއާ – ނޯތް މެސެޑޯނިއާ

ޔޫރޯ 2020 ގެ ގްރޫޕް ސީ ގެ މެޗުތައް މިރޭ ފެށޭއިރު، ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާއެވެ. މި މެޗު ކުޅޭނީ ރޫމޭނިއާގެ ނޭޝަނަލް އެރީނާގައެވެ. މިއީ ރޫމޭނިއާގެ ނޭޝަނަލް ސްޓޭޑިއަމްއެވެ. މިރޭގެ މެޗު ބެލުމަށް 13000 ސަޕޯޓަރުން ދަނޑަށް ވައްދާވޮތަށް ވަނީ ހަމަޖެހިފައެވެ.

ނޯތް މެސެޑޯނިއާ

އާބާދީގައި 2083394 މީހުން ދިރިއުޅެމުންއަންނަ ނޯތް މެސެޑޯނިއާ އަކީ ފުޓްބޯޅައިގެ ތާރީޚެއް އޮތް ގައުމެއް ނޫނެވެ. މިހާތަނަށް ގައުމީ ލެވެލްގައި އެއްވެސް ބޮޑު މުބާރާތެއްގައި ވާދަކޮށްފައި ނުވާ މެސެޑޯނިއާ އަކީ އެއް އިރެއްގައިވެސް މާ މޮލެތި ކުޅުންތެރިންތަކެއް އުފެދޭ ގައުމަކަށް ވެސް ނުވެއެވެ. އެގޮތުން މިހާތަނަށް ބޭއްވުނު ފީފާ ވޯލްޑް ކަޕަކަށްވެސް އަދި ޔޫރޯ މުބާރާތަކަށްވެސް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް މެސެޑޯނިއާ ކޮލިޮފައިވެފައިވާއިރު، މިއީ އެގައުމުން ވާދަކުރާ ފުރަތަމަ ބޮޑު މުބާރާތެވެ.

ކޮލިފައިވީ ގޮތް

ނޯތް މެސެޑޯނިއާ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ އެގައުމުން ކުޅުނު ކޮލިފައިން ގުރޫޕު ޖީގެ ތިންވަނަ ލިބިގެން ޕްލޭއޮފް ކުޅެގެންނެވެ. އެގޮތުން ނޯތް މެސެޑޯނިއާ ޔޫރޯއަށް ކޮލިފައިވީ ޕްލޭއޮފްގައި ކޮސޯވޯ އަދި ޖޯޖިއާ ބަލިކޮށްފައެވެ.

އޮސްޓްރިއާ

އޮސްޓްރިއާ އަކީ ވެސް ޔޫރަޕް ފުޓްބޯޅައިގައި މާ ކާމިޔާބު ގައުމެއް ނޫނެވެ. މިހާތަނަށް ޔޫރޯގައި ކާމިޔާބެއް ލިބިފައިނުވާ އޮސްޓްރިއާ އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކަުރީ އަމިއްލަ ގައުމުގައި 2008 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އޮސްޓްރިއާ ކެޓިއިރު ދެން އެގައުމު ވާދަކުރީ 2016 ވަނަ އަހަރު ޔޫރޯ މުބާރާތުގައެވެ. ފްރާންސްގައި ބޭއްވުނު މި މުބާރާތަކީ އެ ގައުމުގެ ތާރީޚުގައިވެސް ކުޅުނު ދެވަނަ ޔޫރޯ މުބާރާތެވެ. މި މުބާރާތުގައިވެސް އޮސްޓްރިއާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ކޮލިފައިވީ ގޮތް

ކޮލިފިކޭޝަންގައި އޮސްޓްރިއާ ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، ޕޮލަންޑް ސްލޮވީނިއާ އާއި ލެޓިވިއާ އާއި އިސްރާއީލް އަދި ނޯތް މެސެޑޯނިއާއެވެ.
އޮސްޓްރިއާ ވަނީ، ކޮލިފިކޭޝަންގައި ކުޅުނު 10 މެޗުގެ ތެރެއިން، 6 މެޗު ކާމިޔާބުކޮށްފައެވެ. އަދި އެއް މެޗު އެއްވަރުވެގެން ނިމުނުއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.
އޮސްޓްރިއާ ޔޫރޯއަށް ކޮލިފައިވީ، 19 ޕޮއިންޓާއެކީ އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

އޮސްޓްރިއާ އަދި ނޯތް މެސެޑޯނިއާގެ ތާރީޚީ ކުރިމަތިލުންތައް

ނޯތް މެސެޑޯނިއާ އަދި އޮސްޓްރިއާ މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ދެފަހަރުއެވެ. އެއީ 2019 ވަނަ އަހަރު ކުޅެވުނު ޔޫރޯ ކޮލިފައިންގައެވެ. ހޯމް އަވޭ އުސޫލުން ކުޅުނު ދެ ލެގުންވެސް މޮޅުވެފައިވަނީ އޮސްޓްރިއާއެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާ

އޮސްޓްރިއާ އެންމެ ފަހުން ކުޅުނު ގަސް މެޗުގެތެރެއިން މޮޅުވީ  އެންނެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.
ނޯތް މެސެޑޯނިއާއަށް ބަލާއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު ފަަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

Like
Like Love Haha Wow Sad Angry