ރަށްތަަކަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީންވުމަށް ފަހު އަލާމާތް ހުރިނަމަ ޓެސްޓް ކުރަން ޖެހޭނެ: އެޗްޕީއޭ

ރަށްތަަކަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީންވުމަށް ފަހު ބަލީގެ އަލާމާތް ހުރިނަމަ ޓެސްޓް ކުރަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ބުނީ މާލެއިންނާއި ރިޒޯޓްތަކުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެ، ރަނގަޅުވެފައިވާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް ފަހު، އަލުން ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ބަލީގެ އަލާމާތައް ހުރެއްޖެނަމަ ޓެސްޓް ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރުމަށްފަހު، ކަރަންޓީން ނިމުނުކަން އަންގައިދޭ ލިޔުން ނުދޭ ގޮތަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އިރު، އެ ލިޔުން ދިނުން ހުއްޓާލައިފައިވަނީ ބަލިވާ މީހުން ބަލިން ފަސޭހަވާނެ ތާރީޚު ދެނެގަންނަން ނޭނގޭތީ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ ލިޔުން ދިނުން ހުއްޓާލި އަނެއް ސަބަބަކީ ކަރަންޓީން ކުރާ ތާރީޚުން ފެށިގެން 14 ދުވަހަކަށް ކަރަންޓީން ކުރި ނަމަވެސް 14 ދުވަހުގެ ފަހުން ވެސް ބައެއް މީހުންގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުންނާތީ ކަމަށެވެ.

ޕޮޒިޓިވްވާ މީހާގެ ބަލި ހާލަތުގެ ގޮތުން އެކަހެރިވާން ޖެހޭ މުއްދަތު ތަފާތުވާ ކަމަށާއި އެގޮތުން ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަ މީހުން 21 ދުވަހަށް އެކަހެރި ވާން ޖެހޭ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއް ނަމަ އެކަހެރިވާން ޖެހޭ މުއްދަތު 14 ދުވަހަށް ވުރެ އިތުރުވާ ކަމަށް ވެސް ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ އެފަދަ މީހުން އެކަހެރި ކުރަންޖެހޭ މުއްދަތު އެނގޭނީ ޑޮކްޓަރުންގެ ލަފަޔާ އެކު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.