ޔޫރޯ 2020: (ގުރޫޕް އޭ)- ސްވިޒަލެންޑް – ވޭލްސް

މިހާރު ފެށިގެން ކުރިޔައްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު މިއަދު ހަވީރު ކުޅެވޭއިރު، މި މެޗުގައި ބައްދަލުކުރާނީ ސްވިޒަލެންޑާއި ވޭލްސްއެވެ. މިއީ ގުރޫޕު އޭގެ މެޗެކެވެ. މި ގުރޫޕުގެ އެއް މެޗު ރޭ ކުޅެފައިވާއިރު، މުބާރާތް ހުޅުވައިދިން މި މެޗުގައި ބައްދަލުކުރީ އިޓަލީ އާއި ތުރުކީ އެވެ. މި މެޗު ފަސޭހަކަމާއި އެކު 0-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިޓަލީންނެވެ.

މިއަދު  ރާއްޖޭގަޑިން ހަވީރު 6 ޖަހާއިރު ކުޅޭ ސްވިޒަލެންޑް އަދި ވޭލްސްގެ މެޗަށް ދެ ޓީމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެ ނިމިފައެވެ. ސްވިޒަލެންޑް އަދި ވޭލްސް ބައްދަލުކުރާ މި މެޗު ކުޅޭނީ އަޒަރަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މިއީ މި ދެޓީމް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސްވިޒަލެންޑް

މިއީ ސްވިޒަލޭންޑް ޔޫރޯގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރެވެ. އޭގެ ފަހުން 2004 އަދި 2008 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރިއެވެ. ނަމަވެސް މި ދެ މުބާރާތުގެވެސް ގުރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އެންމެ ފަހުން ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވުނު މުބާރާތުގައިވެސް ވާދަކުރިއެވެ. އެފަހަރުގެ މުބާރާތުގައި އެޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ސްވިޒަލެންޑް އިން ޔޫރޯގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިފަހަރުގެ މުބާރާތައް ކޮލިފައިވި ގޮތް
ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް ޑީގައި ސްވިޓްޒަލޭންޑަށް ލިބުނީ އެއްވަނަ އެވެ. ދެ ވަނައިގައި އޮތް ޑެންމާކް އާއި ސްވިޓްޒަލޭންޑް ޕޮއިންޓްގެ ގޮތުން މާ ބޮޑު ތަފާތެއް ނެތެވެ. މި ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ސްވިޒަލްނެޑް ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗުން ވަނީ މޮޅުވެފައެވެ. 2 މެޗުން އެއްވަރުވި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެގައުމުން ގުރޫޕުގެ އެއްވަނަ ހޯދީ 17 ޕޮއިންޓާއި އެކުގައެވެ.

ވޭލްސް
މިފަހަރުގެ މުބާރާތަކީ ވޭލްސްގެ ދެވަނަ މުބާރާތެވެ. ވޭލްސް އެންމެ ފުރަތަމަ ކޮލިފައިވެގެން ކުޅެފައިވަނީ އެންމެ ފަހުން  2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް އެގައުމު ދަތުރުކުރިއެވެ. މިއީ މިހާތަނަށް ޔޫރޯގައި ވޭލްސްއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ.

މިފަހަރުގެ މުބާރާތައް ކޮލިފައިވީ ގޮތް
ވޭލްސް ހިމެނުނީ ކޮލިފައިން ގުރޫޕް އީގައެވެ. ވޭލްސް މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވެފައިވަނީ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެޓީމު ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން ވަނީ މޮޅުވެފައެވެ. ދެ މެޗުން އެއްވަރުވިއިރު، ދެމެދުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ކޮލިފައިންގައި ވޭލްސް ކުޅުނު 8 މެޗުން އެޓީމަށް ލިބުނީ 14 ޕޮއިންޓެވެ.

ސްވިޒަލެންޑް އަދި ވޭލްސްގެ ތާރީޚީ ބައްދަލުކުރުންތައް

ސްވިޒަލެންޑް އަދި ވޭލްސް މީގެ ކުރިން 7 ފަހަރު ބައްދަލުކޮށްފައި ވެއެވެ. އެއީ ވާދަވެރި 4 މެޗާއި އެކުވެރިކަމުގެ 3 މެޗެވެ. މީގެ ތެރެއިން ފަސް މެޗުން  ސްވިޒަލެންޑް މޮޅުވިއިރު، ވޭލްސް މޮޅުވެފައިވަނީ ދެ މެޗުންނެވެ. މި ދެޓީމް އެންމެ ފަހުން ބައްދަލުކޮށް ފައިވަނީ 2011 ވަނަ އަހަރު ކުޅެވުނު ޔޫރޯ ކޮލިފައިން ގައެވެ.

ދެ ޓީމުގެ ތާރީޚި ބައްދަލުކުން ތަކުގެ ނަތީޖާތައް

ް1949 ފްރެންޑްލީ: ސްވިޒަލެންޑް – ވޭލްސް 4-0
ް1951 ފްރެންޑްލީ: ވޭލްސް – ސްވިސަލެންޑް 3-2
ް1996 ފްރެންޑަލީ: ސްވިޒަލެންޑް – ވޭލްސް 2-0
1999 ޔޫރޯ ކޮލިފައިން: ސްވިޒަލެންޑް – ވޭލްސް 2-0
1999 ޔޫރޯ ކޮލިފައިން: ވޭލްސް – ސްވިޒަލެންޑް 0-2
2010 ޔޫރޯ ކޮލިފައިން: ސްވިޒަލެންޑް – ވޭލްސް 4-1
2011 ޔޫރޯ ކޮލިފައިން: ވޭލްސް – ސްވިޒަލެންޑް 2-0

އެހެން ކަމުން މި ދެ ޓީމް ބައްދަލުކޮށްފައިވާ ތާރީޚީ ބައްދަލުކުރުން ތަކަށް ބަލާއިރު، މިއަދުގެ މެޗުން ކުރި ލިބޭނެ ކަމަށް ބެލެވެނީ ސްވިޒަލެންޑް އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.