ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައިވަނީ އިލާހީ މަތިވެރި ޙިކުމަތަކަށް!

ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައިވަނީ އިލާހީ މަތިވެރި ޙިކުމަތަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ އެކަން ވަނީ އެ ކަލާނގެ ޢަދުލުވެރި އިމްތިޙާނުގެ ތެރެއިން ކަމަށެވެ.

އިޝްތިހާރު Below Header ad

މުސްލިމް އަޅާގެ މައްޗަށް ވަނީ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރުން ކަމަށާއި މިފަދަ ކަންކަން ބަލައިގަންނަންވާނީ އޭނާ ޣާފިލުކަމުގެ ނިދިން ހޭލައްވާލުމުގެ ގޮތުގައި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

“ހެޔޮ ޢަމަލުތައް ގިނަކޮށް ނުބައި ކަންކަމުން ދުރުހެލިވެ، މާތްﷲ އާ ކުއްތަންވުމަށް މަގުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގަ އެވެ. މަރުމަތިން ހަނދާންކޮށް ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ މުސީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ސިއްހީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ކެތްތެރިކަމާއެކު ޢަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ޘަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތް މައްޗަށް ގެންނަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.