ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ދެނީ ހައްޖު ކޯޕަރޭޝަނަށް އެކަނި

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ފުރުސަތު ދޭނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ އަމިއްލަ ހައްޖު ގުރޫޕްތަކަށް މިއަހަރު ފުރުސަތު ދެވެން ނެތް ކަމަށެވެ.

އިޝްތިހާރު Below Header ad

“ހައްޖަށް މީހުން ގެންދިއުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފަ މިހާރުމިވަނީ. އެހެންވެ މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ޖަމުއިއްޔާތަކަށް އެ ފުރުސަތު ދެވެން ނެތް.” މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ހައްޖަށް ދެވޭނެ ކޯޓާ ސައުދީ ސަރުކާރުން ރަސްމީކޮށް އެންގުމުން މިހާރުގެ ހާލަތަށް ބަލައި ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ލިބޭނީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވީ، ހައްޖަށް މީހުން ފޮނުވަން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރު ހުޅުވާނުލަނީ ވެސް ސައުދީ ހައްޖު މިނިސްޓްރީން ރާއްޖެއަށް ދޫކުރާ ކޯޓާގެ އަދަދު ރަސްމީކޮށް އަންގާފައި ނުވާތީ ކަމަށެވެ.

ކޯޓާގެ އަދަދު ސާފު ކުރުމަށް ސައުދީގެ ހައްޖު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ހައްޖަށް މީހުން ގެންދަން ހުއްދަ ދެނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

ނަމަވެސް ސައޫދީ ފިޔަވާ އެހެން ގައުމުތަކަށް މި އަހަރު ހައްޖުވުމުގެ ފުރުސަތު ދޭނެ ކަމަށް ކަމަށް ސައުދީ ސަރުކާރުން މީގެކުރިން ވަނީ އިއުލާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.