ޔޫރޯ 2020 – ޓީމް ޕްރޮފައިލް: ވޭލްސް

މިފަހަރުގެ މުބާރާތަކީ ވޭލްސްގެ ދެވަނަ މުބާރާތެވެ. ވޭލްސް އެންމެ ފުރަތަމަ ޔޫރޯއަށް ކޮލިފައިވީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް އެގައުމު ދަތުރުކުރިއެވެ. މިއީ މިހާތަނަށް ޔޫރޯގައި ވޭލްސްއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

ވޭލްސް ހިމެނުނީ ކޮލިފައިން ގުރޫޕް އީގައެވެ. ވޭލްސް މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވެފައިވަނީ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެޓީމު ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން ވަނީ މޮޅުވެފައެވެ. ދެ މެޗުން އެއްވަރުވިއިރު، ދެމެދުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ކޮލިފައިންގައި ވޭލްސް ކުޅުނު 8 މެޗުން އެޓީމަށް ލިބުނީ 14 ޕޮއިންޓެވެ.

ކޯޗު

2 Ryan Giggs

ވޭލްސްގެ ކޯޗަކީ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ މަޝްހޫރު ފުޓްބޯޅަ ސަހުސިއްޔަތު ރަޔަން ގިގްސްއެވެ. އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ ގިނަ ކާމިޔާބީތަކެއް އެ ކުލަބާއި އެކު އޭނާ ވަނީ ހޯދާފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވޭލްސްގެ ގައުމީޓީމާއި އެކު ބޮޑު މުބާރާތެއް ކުޅެލުމުގެ ނަސީބު ނުލިބި ކެރިއަރު ނިންމާލަން ޖެހުނު ގިގްސް ވޭލްސްގެ ގައުމީޓީމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. ވޭލްސްގެ އިތުރުން ގިގްސް އަކީ މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓެންޓް ކޯޗުވެސް މެއެވެ. ގިގްސްގެ ކޯޗުކަމުގެ ދަށުން ވޭލްސް މިފަހަރުގެ ޔޫރޯގައި ވާދަކުރާއިރު، މި އީ އޭނާގެ ކޯޗުކަމުގެ ދަށުން ވޭލްސް ވާދަކުރާ ފުރަތަމަ ބޮޑު މުބާރާތެވެ.

ކީޕްލޭޔަރ

1 FBL EURO 2020 2021 FRIENDLY WAL ALB

ގެރެތް ބޭލްއަކީ މިވަގުތު ވޭލްސް ޓީމުގެ ކެޕްޓަންއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުން ޓޮޓެންހަމްއަށް ލޯނުއުސޫލުން ކުޅެމުންއަންނަ ބޭލް އަކީ ދުވެލި ބާރު ހަލުވި ކުޅުންތެރިއެކެވެ. އަދި އެހާމެ ގޯލާވެސް ރައްޓެހި ކުޅުންތެރިއެކެވެ. ބޭލް އަކީ އިދިކޮޅު ޓީމުތައް ޖެހިލުންވާ ފަދަ މޮޅު ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ބޭލް ވޭލްސްގެ ގައުމީޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރުގައެވެ. އެގޮތުން މިހާތަނަށް ގައުމީތީމަށް ކުޅެދިން 92 މެޗުގައި 33 ގޯލު ޖަހާދީފައިވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ވޭލްސް ހިމެނިފައިވަނީ އިޓަލީ އާއި ތުރުކީ އަދި ސްވިޒަލެންޑާއި އެއް ގުރޫޕެއްގައެވެ. އެއީ ގުރޫޕް އޭއެވެ. ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ މި ގުރޫޕުގެ ފެވަރިޓުންނަކީ އިޓަލީ އާއި ތުރުކީ އެވެ. މި ގުރޫޕަކީ ވޭލްސްއަށް އުނދަގޫ ގުރޫޕަކަށް ވާނެއެވެ. އެހެންކަމުން މި ގުރޫޕުން ދެވަނަ ބުރައް ދާނެ ކަމަށް ބެލެވެނީ އިޓަލީ އާއި ތުރުކީއެވެ.

ގުރޫޕުގައި ކުޅޭ މެޗުތައް

12 ޖޫން- ވޭލްސް- ސްވިޒަލެންޑް

16 ޖޫން- ސްވިޒަލެންޑް- ތުރުކީ

20 ޖޫން- ސްވިޒަލެންޑް- އިޓަލީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.