ވީއައިއޭ ގައި މަސައްކަތްކުރާނެ ދިވެހިން ހޯދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ވީއައިއޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރުވެސް ކުރިއަށް ދާއިރު، ޕްރޮޖެކްޓުތަކުގެ މަސައްކަތަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުތަކުގެ މަސައްކަތަށް ގާބިލު ޓީމެއް އެކުލަވާލުމަށް ގިނަ މަގާމުތަކަކަށް ބޭނުންވާ ދިވެހިން ހޯދަން އިއުލާނު ކޮށްފައިވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓުތައް ނިމުމުން އެއަރޕޯޓުން ޚިދުމަތްދޭ ފަސިންޖަރުންގެ އަދަދު އިތުރުވެ، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށެވެ.

ވީއައިއޭގައި އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށްދާއިރު، އަހަރަކު 7.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއަރޕޯޓަށް ގާބިލް ދިވެހިންގެ ޓީމެއް އެކުލަވާލުމަށްޓަކައި ދިވެހިން ބޭނުންވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވަނީ ސީނިއަރ ޑިވްލޮޕްމަންޓް މެނޭޖަރަކާއި ފަސް ޑިވެލޮޕްމަންޓް މެނޭޖަރުން އަދި ދެ ޕްރޮޖެކްޓް މެނޭޖަރުންނާއި ދެ ޕްރޮޖެކްޓް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ވީއައިއޭގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާން ކުރި އިރު، އެ ކުންފުނީގެ ސީނިއަރ މަގާމުތަކަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އައްޔަން ކޮށްފަ އެވެ.

އެގޮތުން އެމްއޭސީއެލް ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ގެ މަގާމަށް ވަނީ އިނގިރޭސިވިލާތުގެ ބޭފުޅަކު އައްޔަންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.