ޔޫރޯ 2020 ޓީމް ޕްރޮފައިލް: ޑެންމާކް

ޑެންމާކް ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލިފައިވީ 1964 ގަ އެވެ. އެ އަހަރު ސްޕެއިންގައި އޮތް ޔޫރޯ މުބާރާތުގެ ސެމީފައިނަލަށް އެގައުމު ދަތުރުކުރި އެވެ. އޭގެ ފަހުން 1984 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލް ވެސް ޑެންމާކުން ކުޅުނެވެ. އޭގެ ފަހުން 1988 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕު ސްޓޭޖުން ޑެންމާކް ކެޓިނަމަވެސް ޖެހިގެން އައި 1992 ވަނަ އަހަރު ސްވިޑަންގައި ބޭއްވުނު މުބާރާތުގެ ތަށި އެގައުމުން އުފުލާލިއެވެ. މިއީ ޑެންމާކުން ޔޫރޯގައި  މިހާތަނަށް ހޯދި އެންމެ މޮޑު ކާމިޔާބީއެވެ. 1996 ވަނަ އަހަރުގެ މުބާރާތާއި 2000 ވަނަ އަހަރުގެ މުބާރާތުގެ ވުރޫޕު ސްޓޭޖުން އެޓީމު ކެޓިއިރު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރިއެވެ. އޭގެފަހުން ވާދަކުރި 2012 ވަނަ އަހަރުގެ މުބާރާތުން ވެސް ގުރޫޕު ސްޓޭޖުން ވަނީ ކަޓާފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ މުބާރާތައް ޑެންމާކު ކޮލިފައިވެފައެއް ނުވެއެވެ.

ކޮލިފައިވި ގޮތް

އިޝްތިހާރު Below Header ad

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ޑެންމާކް ހިމެނުނީ ގުރޫޕް ޑީގަ އެވެ. ޑެންމާކް ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ، 4 މެޗުން އެއްވަރުވެ ޖުމްލަ 16 ޕޮއިންޓާއި އެކު ކޮލިފައިން ގުރޫޕު ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ކޯޗު

GettyImages 1005694338

މި ފަހަރުގެ ޔޫރޯ މުބާރާތަށް ޑެންމާކް ނުކުންނާނީ ޑެންމާކަށް އުފަން ކޯޗު ކޭސްޕާ ހިޖުލްމަންޑްގެ އިރުޝާދުގެ ދަށުންނެވެ. ހިޖުލްމަންޑް އަކީ ފުޓްބޯޅައިގައި މާގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ޑެންމާކްގެ ބައެއް ކުލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ނަމަވެސް ހިޖުލްމަންޑް އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައަށް މުޅިން އާ ކޯޗެކެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޑެންމާކް މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވެފައިވާއިރު، މިފަހަރުގެ ޔޫރޯ މުބާރާތަކީ ހިޖުލްމަންޑްގެ ފުރަތަމަ ބޮޑު މުބާރާތެވެ. ޑެންމާކްގެ ކޯޗުކަމާ ހިޖުލްމަންޑް ހަވާލުވީ 2020 ވަނަ އަހަރުގައެވެ.

ކީޕްލޭޔަރ

nintchdbpict000360818156 1 scaled

ކްރިސްޓިއަން އެރިކްސަން: ޓޮޓެންހަމް ހޮޓްސްޕާގައި ވިދާލި އަދި މިހާރު އިޓަލީގެ ޗެމްޕިއަން އިންޓަމިލާނަށް ކުލެމުން އަންނަ އެރިކްސަން އަކީ މި ވަގުތު ޑެންމާކްގައި ހުރި އެންމެ މަޝްހޫރު އަދި ތަޖުރިބާގެ ގޮތުން އެންމެ ފުންނާބުއުސް ކުޅުންތެރިޔާ އެވެ. އަދި އެ ގައުމުގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުން މިހާރު ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އަޔަކްސް އިން ޔޫރަޕްގައި ފާހަގަވި އުމުރުން 29 އަހަރުގެ އެރިކްސަން ޓޮޓެންހަމްއިން އިޓަލީގެ އިންޓަމިލާން އަށް ބަދަލުވީ 2020 ވަނަ އަހަރެވެ. ޑެންމާކްގެ ގައުމީ ޓީމަށް އެރިކްސަން ކުޅެން ފެށީ 2007ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 108އަށް ވުރެ ގިނަ މެޗު ކުޅެދީ36 ލަނޑުވެސް ޖަހައިދީފައެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް ބީގެ ފޭވަރިޓުންނަކީ ބެލްޖިއަމް އެވެ. އޭގެ ފަހަތުން، ދެވަނަ ބުރުގެ ޖާގައަކަށް ދެން އެންމެ ބޮޑަށް ވާދަކުރާނީ ޑެންމާކް ކަމަށް ބެލެވެ އެވެ. ރަޝިއާ އާއި ފިންލެންޑް އަކީ ވެސް ބަލި ޓީމުތަކެއް ނޫނެވެ. އެކަމަކު ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ޑެންމާކް އުޅެނީ އެ ޓީމުތަކަށް ވުރެ ރަނގަޅު ފެންވަރެއްގަ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

12 ޖޫން- ޑެންމާކް- ފިންލޭންޑް

17 ޖޫން- ޑެންމާކް- ބެލްޖިއަމް

21 ޖޫން- ޑެންމާކް- ރަޝިއާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.