އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާ އަހުމަދު ތޯރިގް (ޓޮމް) ގެ ޓީމު އިއުލާންކޮށްފި.

 

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) ގެ ޓީމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓޮމް ގެ ޓީމު އިއުލާން ކުރި އިރު އޭނާގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ހަމަޖައްސާފައިވަނީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. ވައިސް ޕްރެޒިޑެންޓަކަށް އީގަލްސްގެ ޗެއާމްން އަހުމަދު ޝިޔާމެވެ.

ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްގެ ނުވަ މެމްބަރުން ތިއްބަވާ ޓީމުގައި ދެން ހިމެނެނީ ވިކްޓަރީގެ ބޯޑު މެމްބަރު އިބްރާހީމް ނަޒީމާއި ޖޭޖޭ ސްޕޯޓްސް ކުލަބުގެ ރައީސް އިބްރާހީމް ޝުޖާއު އާއި އިސްމާއީލް ޒިޔާމް އާއި މަހިބަދޫގެ ސްޕޯޓްސްގެ ދެ ބޯޑު މެމްބަރުން ކަމަށްވާ އައިޝަތު ރޯޒާ އާއި އެ ޓީމުގެ މެނޭޖަރު އަހުމަދު އަނީސް އަދި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބުދުލް ވައްހާބެވެ.

އެފްއޭއެމުގެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވަނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.

އަންނަ މަހު 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޓޮމް ވާދަކުރައްވާއިރު ޓޮމްއަށް ތިން ޑިވިޝަންގެ 21 ކުލަބަކުން ތާއީދު ކުރާކަމަށް ވަނީ ބުނެފަ އެވެ.

އެފްއޭއެމުގެ އާ އިންތިހާބެއް މިބާއްވަނީ ޓޮމް އެފްއޭއެމް ހިންގި ގޮތާމެދު އެކްސްކޯގެ ފަސް މެމަބަރަކު ހިތްހަމަނުޖެހިގެން އިސްތިއުފާދީ ޓޮމްގެ މަގާމު ގެއްލުމާއި ގުޅިގެންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.