ޚަބަރު ފީތާ

ބޭނުންވަނީ ޕޮޒިޓިވް ނިސްބަތް 5 އިންސައްތައިގަ ބަހައްޓަން: ޑރ. ނަޒްލާ މުސްތަފާ

ބޭނުންވަނީ ޕޮޒިޓިވް ނިސްބަތް 5 އިންސައްތައިގަ ބަހައްޓަން ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 27 އިންސައްތައިގާ ކަމަށެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އައި ބަދަލުތައް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގ އާ ރެންޑަމް ސާމްޕަލިންގ އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާ ކަަމަށް ޑރ. ވިދާޅުވި އެވެ.

ސާމްޕަލް ޕޮޒިޓިިވިޓީއަށް ބަލާ އިރު، މެއި މަހުގެ މެދެއްހާ ހިސާބުގައި ހުރީ 31 އިންސައްތައިގާ ކަމަށާއި ދަަށްވާން ފެށި އޭގެ ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

“ސާމްޕަލިންގ އަށް ގެނައި ބަދަލުތަކެއް ވެސް ހުންނާނެ. އޭގެ މާނައަކީކޮންޓެކްޓް ޓްރޭސިންގ އެހާ ރަނގަޅަކަށް ނުހެދޭ. އެކަމަކު ޓާގެޓަކީ 80 އިންސައްތަ މީހުންގެ ލިންކް ހޯދިފަ ހުރުން. އަދި ރެންޑަމް ސާމްޕަލިންގ އިތުރަށް ހަރުދަނާ ކުރުން، އޭރުން މީގެއިތުރަށް އަޅުގަނޑުމެންނަށް ޔަގީންކަން ލިބޭނީ. އެންމެންގެ މަސައްކަތާއި އެއްބާރުލުމާއެކު ތިރިއަށް ދާތަން އެބަދައްކާ.” ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ވިދާޅުވީ މާލޭގައި ސާމްޕަލް ޕޮޒިޓިވިޓީ 40 ނުވަތަ 50 އިންސައްތައިގަ ބައެއް ދުވަސްދުވަހު ހުރި ކަމަށާއި ނަމަވެސް މިހާރު ހުރީ 27 އިންސައްތައިގަ ކަމަށެވެ.

ޓާގެޓަކީ ސާމްޕަލް ޕޮޒިޓިވިޓީ5 އިންސައްތައިގާ ބެހެއްޓުން ކަމަށާއި އަދިވެސް ކުރިއަށް ވަރަށް މަސައްކަތްކުރަން ހުރި ކަމަށް ޑރ ވިދާޅޫވި އެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިދައްކަނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި އުއްމީދަކީ މިގޮތަށް ހިފަހައްޓާލެވިއްހެ ނަމަ، ކުރިއަށް އޮތް ތަނުގައި މަޑުމަޑުން ދަށްވުން ކަމަށެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ބޭނުންވަނީ ޕޮޒިޓިވް ނިސްބަތް 5 އިންސައްތައިގަ ބަހައްޓަން: ޑރ. ނަޒްލާ މުސްތަފާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.