ޚަބަރު ފީތާ

އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ނިއުއާ ވާދަކުރާނެ ޓީމަކަށް ބީޖީ ހޮވިއްޖެ.

ފޮޓޯ:އިމޭޖް

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ނިއުރޭޑިއަންޓާ ވާދަކުރާނެ ޓީމަކަށް ބީޖީ ސްޕޯޓްސް ކުލަބު ހޮވިއްޖެ އެވެ.

ބީޖީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ވޭރު ސްޕޯޓްސް އާ ވާދަކޮށް 8-0 ގެ ނަތީޖާ އިން މޮޅުވެގެންނެވެ. ކުއާޓާ ފައިނަލުގައި ނިއު އާއި ބީޖީ ވާދަކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ.

އެފްއޭ ކަޕް ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ޔުނައިޓެޑް ވިކްޓަރީ އާއި ހުޅުމާލޭ ޔުނައިޓެޑް މިރޭ ވާދަކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާ އެވެ.

ކުއާޓާ ފައިނަލުގައި ޓީސީ ވާދަކުރާނީ އީގަލްސްއާ އެވެ. ވިކްޓަރީ ބައްދަލުކުރާނީ ވެލެންސިއާ އެވެ.

Rate this post