ފަރުކޮޅުފުށި ދަތުރުދާ މަންޒިލަކަށް ހަދަނީ

ކ. ފަރުކޮޅުފުށި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ ނިންމުމަކީ ފަރުކޮޅުފުއްޓަކީ މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ދަތުރު ދެވޭނެ ރަށަކަށް ހެދުމަށް ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެތަނެއް މި ސަރަހައްދުގަ ނޯންނާތީ، އެކަމަށް އެންމެ އައިޑިއަލް ތަނަަކަށް ވާނީ ފަރުކޮޅު ފުށި ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ރަށަކީ މާލޭ ސީޓީގެ އިހުތިސޯސް ތެރޭ ހިމެނޭ ފަޅު ރަށަކަށް ވާތީ އެތަނަކީ މާލޭގެ ރައްޔިތުން ޕިކްނިކް ދާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް އެޗްޑީސީއާއި ވާހަކަދައްކައިގެން ކައުންސިލް އެކަން ފާސްކޮށްފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި މިހާރު ބޭނުން ކުރަނީ ކޮވިޑް19ގެ އައިސޮލޭޝަން ފެސިލިޓީއަކަށެވެ.

ފެސިލިޓީއަށް ބަދަލުކުރުމުގެ ކުރިން އެތަނަކީ އެކި އިވެންޓުތަކާއި ހަފްލާތަކަށް ބޭނުން ކުރަމުން ދިޔަ ތަނެކެވެ.

މާލެ ކައިރީ ދަތުރު ދާ ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުގައި ހިއްކި ރަށެއް ހަމަޖައްސަައި އެ ރަށް 2020 ވަނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށް 2، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޕްރީލް ވަނީ ވިދާޅުވެފަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދެކެވެ.

އެހެންނަމަވެސް “ދަތުރު ދާ ރަށް” މި ސަރުކާރަށް އަދި ވަނީ ހުޅުވޭ ގޮތް ނުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.