ޚަބަރު ފީތާ

ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން ރ. އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފި

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން ރ. އަތޮޅު ކައުންސިލާއި އެދާއިރާގެ މަޖިލިސް މެމްބަރުންނާ ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ކުރައްވާފައިވާ މަޝްވަރާ ކަމަށެވެ.

މި ޕްލޭންގެ ދަށުން އެ މިނިސްޓްރީން ވަނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރައްވާފަ އެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމްއާއި މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުން ނެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ވަނީ ކަައުންސިލުތަކަށް ވަނީ ދީފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން ރ. އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.